އިހަވަންދޫއަށް ބުދެއް ލެއްގި އިރު މިދިއަ ބުރާސްފަތި ދުވަހު ފ. އަތޮޅު ބިލެތްދޫގައި ބާތިލު "ހިންދޫ ދީނަ" ށް ނިސްބަތް ވެގެން އުޅޭ ބިދޭސީންތަކެއް ފާޅުގައި އެ މީހުންގެ އަގީދާ ކުރިޔަށް ނެރެ، އެ މީހުން ކަލާންގެ ކަމަށް ބަލައިގެން އުޅޭ ބުދަކަށް އަޅުކަންކޮށް ރަށުތެރޭގައި ހިނގައި ގުރުބާން ކުރި މައްސަލައެއް ދިމާވެ އެ ކަމުގައި އިސްވެ އުޅުނު ބިދޭސީން ތިން މީހަކު ހައްޔަރުކޮށްފައި ވެއެވެ.
ބަރަހަނާ ވެގެން ހުސް ހަށިގަނޑާ ހުންނަ ފިރިހެނެއްގެ ސޫރަ ސިފަވާ ގޮތަށް ހަދާފައިވާ ބުދެއް ތިލަންދޫމަތީ އުތުރުބުރީ (ހއ. އަތޮޅު) އިހަވަންދޫއަށް ލައްގައިފި އެވެ.
އެ ބުދު އިހަވަންދޫއަށް ލައްގާފައި އޮއްވާ ފެނުނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. އިހަވަންދޫ ހުޅަނގުފާތު ފެންޕްލާންޓާއި ދިމާއިން ގޮނޑުދޮށުގައި އެ ބުދު އޮއްވާ ފެނިގެން އެ ރަށުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރުމުން ފުލުހުން ވަނީ އެ ބުދު ނަގައިގެން ގެންގޮސްފަ އެވެ.
އާބާދީ 3000 އިން މައްޗަށް އުފުލިފައިވާ އެ ރަށުގެ ބައެއް މީހުން ބުނި ގޮތުގައި ބުދުގެ ދިގު މިނަށް ހަތަރު ފޫޓް ހުއްޓެވެ. އަދި ބަރަހަނާކޮށް ހުންނަ ފިރިހެނެއްގެ ސޫރަ ސިފަވާ ގޮތަށް އެ ބުދު ހަދާފައި ވަނީ ލަކުޑީންނެވެ.
އިހަވަންދޫއަށް ބުދެއް ލެއްގި އިރު މިދިއަ ބުރާސްފަތި ދުވަހު ފ. އަތޮޅު ބިލެތްދޫގައި ބާތިލު "ހިންދޫ ދީނަ" ށް ނިސްބަތް ވެގެން އުޅޭ ބިދޭސީންތަކެއް ފާޅުގައި އެ މީހުންގެ އަގީދާ ކުރިޔަށް ނެރެ، އެ މީހުން ކަލާންގެ ކަމަށް ބަލައިގެން އުޅޭ ބުދަކަށް އަޅުކަންކޮށް ރަށުތެރޭގައި ހިނގައި ގުރުބާން ކުރި މައްސަލައެއް ދިމާވެ އެ ކަމުގައި އިސްވެ އުޅުނު ބިދޭސީން ތިން މީހަކު ހައްޔަރުކޮށްފައި ވެއެވެ.
އެ މީހުން ގެންގުޅުނު ބުދުތަކެެއް ކަނޑު ފައްތާފައިވާ ކަމަށްވެސް ބުނެއެވެ.
ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ރާއްޖޭގައި އުޅޭ ބިދޭސީން އެ މީހުންގެ ދީންތަކުގެ އަޅުކަމާ ގުޅޭ ކަންޖަން ރާއްޖޭގައި ކުރަން އުޅޭ އުޅުމާއި އެފަދަ ސަގަފާތްތައް ރާއްޖޭގައި "ނޯމަލައިޒް" ކުރުމާއި މިފަދަ ކަންކަމާ ގުޅޭ ދީނީ އަރައިރުންތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ފަހަކަށް އައިސް ރާއްޖޭގައި ބޮޑުވެފައިވާ ލިވާތު -- ފިރިހެނުން ފިރިހެނުންނާ ޖިންސީ ގުޅުން ހިންގުމާއި އަދި ޝިހާގު -- އަންހެނުން އަންހެނުންނާ ގުޅުން ހިންގުމުގެ އަމަލާއި އޮރިޔާން ކާޑު އުފައްދާ މީހުންގެ އަމަލުތަކަކީ ނުރައްކާތެރި ބޮޑު ކުށެއް ނޫން ކަމަށް ބުނެ އެފަދަ މީހުން ދަނީ ނިޒާމްތެރެއިން ވީއްލައި ދެމުންނެވެ. ރާއްޖޭގައި އެ އަރައިރުންތައް މިހާރު ވަރަށް ބޮޑެވެ.
ސައްތައިން ސައްތަ މުސްލިމް ރާއްޖޭގައި މިފަދަ ދީނާ ގުޅުން ހުރި މައްސަލަތަކުގައި ފުލުހުންގެ ފަރާތުން ފިޔަވަޅު އެޅުމާއި މައުލޫމާތު ދިނުން ލަސްކޮށް ތަފާތު ކުރާ ކަމުގެ ތުހުމަތުތައް ވަރަށް ބޮޑަށް އޮވެ އެވެ. ނަމަވެސް ސަރުކާރާއި ފުލުހުން އެކަންކަން ދޮގު ކުރެ އެވެ.