ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު ދެގުނަ ކުރެވޭ ގޮތް ދިރާގުން ހަދައިފި

މި ޕްރޮމޯޝަނަކީ އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކް ތަޖުރިބާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ނޮވެންބަރު މަސް ނިމުމުގެ ކުރީން ދިރާގުގެ "ވިން އަ ޓެސްލާ ޕްރޮމޯޝަން" ގައި ބައިވެރިވެ ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު ދެގުނަ ކޮށްލެވޭކޮށް ހަދައިފި އެވެ.

މި ޕްރޮމޯޝަނަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްތަކަށް ޖަނަވަރީ 31،  2024 ގެ ކުރިން ސަބްސްކްރައިބް ކުރާ މީހުނަށް އެންމެ ޒަމާނީ، އިލެކްޓްރިކް ޓެސްލާ ކާރެއް ހޯދޭނެ ފުރުސަތު ލިބެ އެވެ. އަދި 30 ނޮވެންބަރުގެ ކުރިން ޕްރޮމޯޝަންގައި ބައިވެރިވާ މީހުނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދެގުނަ ކުރެވެ އެވެ. 

މި ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރާ މީހުނާއި އަލަށް ދިރާގުގެ ހިދުމަތް ހޯދަށް މީހުނަށް ބައިވެރިވެވޭނެއެވެ. ކޮންމެ މީހަކު ވެސް އެފަރާތެއްގެ ގެ ޝަރުތުފުރިހަމަވާ ހުރިހާ ނަންބަރުތަކެއް ލުމުގެ ފުރުސަތު އޮވެއެވެ. އަދި 30 ނޮވެންބަރުގެ ކުރިން ބައިވެރިވާ ކޮންމެ ނަންބަރެއް ދެގުނަ ކުރެވޭނެ އެވެ.

މި ޕްރޮމޯޝަނަކީ އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކް ތަޖުރިބާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެގޮތުން ދިރާގުގެ ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ ކަސްޓަމަރުންނަށް އެފަރާތްތަށް އެކި ބޭނުންތައް ފުއްދުމަށް، ތަފާތު ސްޕީޑްތަކާއި އެލަވަންސްތަކާއި އަގުތަކުގައި ފަރުމާކުރެވިފައިވާ ޕެކޭޖްތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.