ފިރުޒުލް ވިދާޅުވީ އާ ސަރުކާރު އަންނަން މިހާރު ނުވަ ދުވަހަށް ވެފައިވާއިރު، އެކަން ހަމަ މަގުން ކުރިއަށް ދެން ގެންދެވޭނީ އާ ސަރުކާރަށް ކަމަށް މުއިއްޒު ދެކިވަޑައިގަންނަވާ ކަމަށެވެ.
މި ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓްތައް އުސޫލާ ހިލާފަށް އަވަސް އަރުވާލައިގެން ހަވާލުކުރުމުގެ ބަދަލުގައި އެކަން އާ ސަރުކާރާ ހަވާލުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ގެދޮރުވެރިޔާ މަޝްރޫގެ ދަށުން މިހާރު ދޭން ނިންމާފައިވާ ފްލެޓްތައް އަވަސް އަރުވާލައިގެން ބަހާލުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
ފިރުޒުލް ވިދާޅުވީ އާ ސަރުކާރު އަންނަން މިހާރު ނުވަ ދުވަހަށް ވެފައިވާއިރު، އެކަން ހަމަ މަގުން ކުރިއަށް ދެން ގެންދެވޭނީ އާ ސަރުކާރަށް ކަމަށް މުއިއްޒު ދެކިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ މިވަގުތު އޮތް ސަރުކާރުން، ހައުސިން މިނިސްޓްރީން އަދި އެހެން އިދާރާތަކުން ވެސް މިކަމުގެ ފުރިހަމަ އެއްބާރުލުން ދެއްވާ، މިކަން ރަގަޅަށް ކުރިއަށް ގެންދިއުމަށް، އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމުގެ ބަދަލުގަ، ކުރިއަށް އަޅުގަނޑުމެންނަށް ނުވަ ދުވަސް އާ ސަރުކާރު ފެށުމަށް އޮތްއިރު، އެކަން ހަމަ މަގުން ގެންދިއުމަށް އެކަން އާ ސަރުކާރަށް އެކަން ރަގަޅަށް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުން،" ފިރުޒުލް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފުރަތަމަ 4000 މީހުންގެ ލިސްޓު އާންމުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ލިސްޓާ ގުޅިގެން ގިނަ ޝަކުވާތަކެއް އުފެދި އާންމުން އިހުތިޖާޖަށް ނުކުތުމުން ޕްލޭނިން މިނިސްޓްރީން ވަނީ ޝަކުވާއަށް ވެސް ހުޅުވާލައިފަ އެވެ.
ޝަކުވާތައް ބަލާ ނުނިމެނީސް ފްލެޓް ހަވާލުކޮށްގެން ނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިނިސްޓްރީއަށް އެންގި އެންގުމަށް ތާއީދު ކުރައްވާ ފިރުޒުލް ވިދާޅުވީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަން އާ ސަރުކާރުން ބަލާނެ ކަމަށެވެ. މިހާރު ހިނގަމުންދާ ކަންކަން ނުހުއްޓުވާނެ ކަމަށާއި އެކަމަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރާ ކަންކަން ދޫނުކޮށްލާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، އާބަންކޯ އިން މިހާރު ވިއްކަން ނިންމާފައިވާ ވިނަރެސް ފްލެޓްތަކާ ގުޅިގެން ވެސް އޮތީ ހަމަ އެ ސްޓޭންޑް ކަމަށް ފިރުޒުލް ވިދާޅުވެފައިވެ އެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު ކުރިން ވެސް ވިދާޅުވެފައި ވަނީ މި ސަރުކާރުން ދީފައިވާ އެއްވެސް ފްލެޓެއް އަތުނުލައްވާނެ ކަމަށެވެ. ނަމަވެސް ކޮރަޕްޝަން ބައްލަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.
ނުޖެހޭ އާ ސަރުކާރާ ފްލެޓް ބަހަން ހަވާލް ކުރާކަށް. ހުރިހާ މޮޅެއް ހޯދަން ، ތިމަންނަ މެނޭ ފްލެޓް ތައް ދިނބީ ކިޔަންވެގެން
މިޖެހުނީ އަނެެއްކާ އަނެެއް ކަންތަކާ! މުައިއްޒު އާ ފާތުމާ މެޑަމްއަށް ބެހުނު ފްލެޓްތައް މަދީތަ އަދިވެސް މިހެން މި ގޮަވަނީ
މިޖެހުނީ އަނެެއްކާ އަނެެއް ކަންތަކާ! މުައިއްޒު އާ ފާތުމާ މެޑަމްއަށް ބެހުނު ފްލެޓްތައް މަދީތަ އަދިވެސް މިހެން މި ގޮަވަނީ