ށަވިޔަނި ފެރީ: އަގު ނަގައިގެން ދަތުރުތައް ފަށައިފި

ފެރީ ދަތުރުތަަކަށް އަގު ނަގަން ފެށިނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދީންނާއި އެންސްޕާގެ ދަފްތަރުގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ. ށ އަތޮޅުގައި ހަތަރު ފެރީ ބޭނުން ކުރާނެ އެވެ.

އާރްޓީއެލްގެ ފެރީތަކެއް: ޓްރަޔަލް ނިމުނުން މިހާރު ވަނީ ށ. އަތޮޅުގައި އަގު ނަގަން ފަށާފައި

ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ށ. އަތޮޅަށް ކަނޑައަޅާފައިވާ އަގުތަކުގައި ރަސްމީކޮށް މިއަދު ފަށައިފި އެވެ.

އަގު ނަގައިގެން ރަސްމީކޮށް ހިދުމަތް ފެށުމުގެ ކުރީން އެ އަތޮޅުގެ ރަށްތަކަށް މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ފެރީ ދަތުރުތައް ކޮށްފައި ވަނީ ހިލެ އެވެ.

އެމްޓީސީސީން މިއަދު ބުނީ އަގު ނަގައިގެން ފެރީ ދަތުރުތައް މިއަދު އެ އަތޮޅުގައި ފަށާފައިވާ ކަމަށެވެ. އަދި މި ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

އަދި ބުނީ މިއަދުން ފެށިގެން ޓިކެޓް ނެގޭނީ އާރްޓީއެލް ފެރީ ދަތުރުތަކަށް ހާއްސަ ވެބްސައިޓް ނުވަތަ އާރްޓީއެލް އެޕް މެދުވެރިކޮށް ކަމަށާއި ހަފުތާގެ ހަތް ދުވަހު ފެރީގެ ހިދުމަތް ހަތް ރޫޓަކުން ދޭން ކަމަށެވެ. ށ. އަތޮޅުގައި ހަތަރު ފެރީ ބޭނުން ކުރާނެ އެވެ.

ށ. އަތޮޅު ފެރީ ރޫޓްތައް

  •  ބިލެތްފަހި - ހދ. ކުޅުދުއްފުށި
  •  ބިލެތްފަހި - ފުނަދޫ
  •  ނޫމަރާ - ބިލެތްފަހި / ނޫމަރާ
  •  ކަނޑިތީމް - ފުނަދޫ
  •  ފީވައް - ފުނަދޫ
  •  ފުނަދޫ - ހދ. ކުޅުދުއްފުށި
  •  މަރޮށި - ފުނަދޫ

ފެރީ ދަތުރުތަަކަށް އަގު ނަގަން ފެށިނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދީންނާއި އެންސްޕާގެ ދަފްތަރުގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.

ސަރުކާރާއި ރައްޔިތުން ބައިވެރިވާ އެމްޓީސީސީން ބުނީ ށ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމާއެކު ފުރަތަމަ ފިޔަވަހީގެ ދަށުން ކަނޑައަޅާފައިވާ ޒޯން އެކެއްގެ ތިން އަތޮޅުގައި ހިދުމަތް ފެށުނީ ކަމަށެވެ. އެ ކުންފުނިން ވަނީ ހއ. އަދި ހދ. ގައި މީގެ ކުރީން މި ހިދުމަތް ފަށާފަ އެވެ. އެ ހިދުމަތް ފެށުމުގެ ގޮތުން ކޮންމެ ރަށެއްގައި ހާއްސަ ޓާމިނަލެއް ވެސް ވަނީ އަޅާފަ އެވެ. އަދި ހިތްފަސޭހަ ފެރީތަކެއް ބަނދެ މުވައްޒިފުން ވަނީ ތަމްރީން ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.