އެގޮތަށް އެދިފައި ވަނީ އެ ދުވަހުގެ ހަވީރު 4:45 ގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް މަގާމުގެ ހުވާކުރެއްވުމުގެ ދަރުބާރު މަރުކަޒާއި އިންވެގެން އޮންނަ ޖުމްހޫރީ މައިދާނު ގައި އޮންނާތީ އެވެ.
މި މަހުގެ 17 ވާ ހުކުރު ދުވަހު މަރުކަޒަށް ދާ މީހުން މިސްކިތުގެ ދެކުނާއި އިރުމަތީ ފަޅި ބޭނުން ކުރަން އިސްލާމިކް މިނިސްޓްރީން އެދިއްޖެ އެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއް ގައި ބުނެފައި ވަނީ މި މަހުގެ 17 ވާ ހުކުރު ދުވަހު މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް -- އިސްލީމީ މަރުކަޒަށް އެ ދުވަހުގެ އަސުރު ނަމާދާއި މަގުރިބު ނަމާދަށް އަންނަ މީހުން އިސްލާމީ މަރުކަޒުގެ ދެކުނު ފަޅި (މެދުޒިޔާރަތްމަގު) އަދި ކުރީގެ ދިރާގުގެ މައި އޮފީސް ހުރި ފަޅި އާއި އަދި އިރުމަތީ ފަރާތު ނޭޝަނަލް އާޓް ގެލެރީ ހުންނަ ފަޅި ބޭނުން ކުރަން އެދޭ ކަމަށެވެ.
އެގޮތަށް އެދިފައި ވަނީ އެ ދުވަހުގެ ހަވީރު 4:45 ގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް މަގާމުގެ ހުވާކުރެއްވުމުގެ ދަރުބާރު މަރުކަޒާއި އިންވެގެން އޮންނަ ޖުމްހޫރީ މައިދާނު ގައި އޮންނާތީ އެވެ.
ހުވާ ކުރެއްވުމުގެ ދަރުބާރު ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އެ ރަސްމިއްޔާތަށް އެކަނި ވެސް 22 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. މިއީ ރައީސަކު ހުވާ ކުރުމުގެ ދަރުބާރަށް އެންމެ ބޮޑު ހަރަދެއް ކުރާ ފަހަރެވެ.