ދިވެހީންގެ ކުޑަ އެހީއެއް؛ ޣައްޒާގެ މި ކުދީންނަށް ބޮޑު ހިނިތުންވުމެއް

އޭއައިސީން ބުނި ގޮތުގައި ދިވެހީންގެ ފަރާތުން ލިބުނު އެހީން 200 އާއިލާ އަކަށް ނަގުދު ފައިސާ ބެހުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ކޮންމެ އާއިލާ އަކަށް 500 ޑޮލަރު ފޯރުކޮށްދޭނެ އެވެ.

ދިވެހީންގެ ފަރާތުން ލިބުނު ކުޑަކުޑަ އެހީއާއެކު ޣައްޒާގެ މި ކުދީންނަށް ވަނީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިނިތުންވުން ގެނެސްދީފައި

ފަލަސްތީނުގެ ޣައްޒާ ގައި ވަޒަނެއް ނެތް ޔަހޫދީން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން އެކި ޒަހަމުތައް ލިބި ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާ އެތައް ސަތޭކަ ކުދީންނަކަށް ކުޅޭ ސާމާނު ހަދިޔާކޮށް 200 އާއިލާ އަކަށް ދިވެހީންގެ ނަމުގައި އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ދިވެހީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރާ ފައިސާ އިން އެހީތެރިކަން ފޯރުކޮށްދޭ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ބުނި ގޮތުގައި އެކި ކަހަލަ ޒަހަމުތައް ލިބިފައިވާ ކުޑަކުދީންގެ ކައިރިއަށް ޒިޔާރަތްކޮށް އެ ކުދީންނަށް އުފާވެރި ވަގުތުކޮޅެއް ހޯދާ ދިނުމަށް އެ ކެމްޕޭނުން ވަނީ މަސައްކަތް ކޮށްފައެވެ.

އެ ގޮތުން އަގްސާ ހޮސްޕިޓަލް ގައި އެޑްމިޓްކޮށްފައިވާ 700 ކުއްޖަކަށް ޒިޔާރަތްކޮށް ކުޅޭ ސާމާނު ބަހާފައިވެއެވެ. 

"މިވަގުތަކީ އެކި ގޮތްގޮތުން އެ ކުދީންނާއި ވާހަކަ ދައްކާލާ ކުޅެ ސަމާސާ ކޮށްލަން ޖެހޭ ވަގުތު ކަމުގައި އަޅުގަނޑުމެން ދެކެން،" އައިއޭސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ދިވެހީންގެ ފަރާތުން ލިބުނު ކުޑަކުޑަ އެހީއާއެކު ޣައްޒާގެ މި ކުދީންނަށް ވަނީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިނިތުންވުން ގެނެސްދީފައި

އެ ކުދީންނަށް ދިވެހީންގެ ފަރާތުން މިކުޑަކުޑަ އެހީ ހަދިޔާ ކުރުމުން ކޮންމެ ކުއްޖަކު ވެސް އުފަލާއެކު ޝުކުރުއަދާކޮށްފައެވެ.

އޭއައިސީން ބުނި ގޮތުގައި ދިވެހީންގެ ފަރާތުން ލިބުނު އެހީން މިހާތަނަށް 200 އާއިލާ އަކަށް ނަގުދު ފައިސާ ބެހުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ ގޮތުން ކޮންމެ އާއިލާ އަކަށް 500 ޑޮލަރު ފޯރުކޮށްދޭނެ އެވެ.

ފައިސާ ބަހާފައި ވަނީ ދޭރް ބަލަހް ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށެވެ. އެއީ އެ ސަރަހައްދުތަކުގައި ފިހާރަތަކާއި ބައެއް މާރުކޭޓްތައް ހުރުމުން އެ ފައިސާގެ ބޭނުންކޮށް އެ ރައްޔިތުންނަށް ކޮންމެވެސް ތަސައްލީއެއް ލިބުމުގެ އުންމީދުގައި ކަމަށް ވެސް ބުންޏެވެ.

ދިވެހީންގެ ފަރާތުން ލިބުނު ކުޑަކުޑަ އެހީއާއެކު ޣައްޒާގެ މި ކުދީންނަށް ވަނީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިނިތުންވުން ގެނެސްދީފައި

އައިއޭސީ އިން ހިންގާ ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް ފައިސާ ހޯދުމަށް ކުރިއަށް ގެންދާ ހަރަކާތަށް 23،987،108 ރުފިޔާ ވަނީ ލިބިފައެވެ. އަދި 13،023 ޑޮލަރު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

ފަލަސްތީނުގެ ދިފާއުގައި މުޅި ދުނިޔޭ ގައި ވެސް ގަދަ އަޑަކީ ދިވެހީންގެ އަޑެވެ. މިދިޔަ ސާޅީހަކަށް އަހަރު ދިވެހީން ގެންދިޔައީ ބައިނަލްއަގްވާމީ ދުނިޔެއާ ރާއްޖޭގައި އެ އަޑު އުފުލަމުންނެވެ. ދިވެހީންނަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެމުން ދިޔަ އެވެ. ދިވެހީންގެ ހިތްތަކުގައި ފަަލަސްތީނަށް އޮތީ ވަރަށް ހާއްސަ ލޯތްބަކާއި ގަދަރެކެވެ. 

ދިވެހީންގެ ފަރާތުން ލިބުނު ކުޑަކުޑަ އެހީއާއެކު ޣައްޒާގެ މި ކުދީންނަށް ވަނީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިނިތުންވުން ގެނެސްދީފައި

ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޚިދުމަތް" ޖަމިއްޔާ އިން ވެސް މި ފަހުން ވަނީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވެ ދީފައެވެ. އެ ޖަމިއްޔާއިން ބުނީ ފަލަސްތީނަށް އެހީވާން އެ މީހުން ހުޅުވާލާފައިވާ ފަންޑަށް ލިބުނު ފައިސާގެ ތެރެއިން އެ ގައުމުގެ 120 އާއިލާއަކަށް 200 ޑޮލަރުގެ މަގުން ފައިސާ ބަހާފައިވާ ކަމަށެވެ.

ފަސް މަންޒަރު - މިދިއަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނާ ދެކޮޅަށް އިޒުރޭލުން ދެމުންދާ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އެގައުމުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ 9,488 އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 3,760 ކުޑަކުދިންނާއި 2,326 އަންހެނުންގެ އިތުރުން ޒަހަމް ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 32,000 އަށް އަރާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.