އެމްއައި ކޮލެޖްގެ އޯޕަންޑޭ ކުޅުދުއްފުށީގައި ބާއްވަނީ

މި އިވެންޓްގެ ތެރެއިން އެމްއައި ކޮލެޖަށް ދަރިވަރުން އިތުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. އެ ކޮލެޖުން ބުނީ، މަތީ ތައުލީމު ހާސިލް ކުރުމަށް އެ ކޮލެޖް އިހުތިޔާރު ކުރަންވީ ސަބަބުތައް މި އިވެންޓްގެ ތެރޭގައި ކިޔައިދޭނެ ކަމަށެވެ.

އެމްއައި ކޮލެޖްގެ ބެޗްލާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދަރިވަރުން އިސްނަގައިގެން ހިންގާ "އެމްއައި ކޮލެޖް އޯޕަންޑޭ 2023" ހދ. ކުޅުދުއްފުށީގައި ބާއްވަން ތައްޔާރުވެއްޖެ އެވެ. 

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އެރަށު ސްކޫލްތަކާއި އޮފީސްތައް ގުޅިގެން ބާއްވާ މި އިވެންޓް ކުރިއަށް ގެންދާނީ ދަރިވަރުންގެ އިވެންޓް މެނޭޖްމެންޓް މޮޑިއުލްގެ ފައިނަލް އެސެސްމެންޓްގެ ތެރެއިންނެވެ.

އެމްއައި ކޮލެޖުން ބުނީ، މި އޯޕަން ޑޭގައި އެމްއައި ކޮލެޖްގެ ކުޅުދުއްފުށީ ކެމްޕަސްގައި ހުރި ކޯސްތަކުގެ މައުލޫމާތާއި ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ހިންގާނެ ކަމަށެވެ. އެ މައުލޫމާތުތައް ހިއްސާ ކުރާނީ ކޮލެޖްގެ ބޭފުޅުންނެވެ. ކެރިއާ ގައިޑެންސްގެ ތެރެއިން ސްޓްރެސް މެނޭޖްމެންޓް ސެޝަންއަކާއި، ވަޒީފާ އަދާކުރަމުން ކިޔެވުން ބެލެންސް ކުރާނެ ގޮތުގެ މައުލޫމާތުތައް ހިއްސާ ކުރާނެ އެވެ.

އެމްއައި ކޮލެޖުން ބުނީ މި އިވެންޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ވެސް އޯލެވެލް އަދި އޭލެވެލް ފުރިހަމަކޮށްފައިވާ، މިހާރުވެސް ވަޒީފާއަށް ދަމުން ކިޔަވުންދާ އަދި ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ކަމަށެވެ. އެ ނޫނަސް މި އިވެންޓްގައި އެހެން ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އެވެ. 

ދެ ގަޑިއިރަށް ކުރިއަށް ގެންދާ މި އިވެންޓްގައި ދަރިވަރުންގެ ޝައުގުވެރިކަން ހުރި ދާއިރާތަކަށާއި، ވަޒީފާ އަދާކުރާ އުމުރުގައި ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ދާއިރާތަކާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރާނެ އެވެ. އަދި، އޮފީސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އަމިއްލަ ނަފްސުގެ ކުރިއެރުމަށް ހިތްވަރު ދޭނެ އެވެ.

މި އިވެންޓްގެ ތެރެއިން އެމްއައި ކޮލެޖަށް ދަރިވަރުން އިތުރުކުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. އެ ކޮލެޖުން ބުނީ، މަތީ ތައުލީމު ހާސިލް ކުރުމަށް އެ ކޮލެޖް އިހުތިޔާރު ކުރަންވީ ސަބަބުތައް މި އިވެންޓްގެ ތެރޭގައި ކިޔައިދޭނެ ކަމަށެވެ. 

އެމްއައި ކޮލެޖްގެ ދަރިވަރުން އިންތިޒާމް ކުރާ މި އިވެންޓްގެ ދައުވަތު ކުޅުދުއްފުށީ ސިޓީގެ ތިން ސްކޫލަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ހދ. އެޓޯލް އެޑިއުކޭޝަން ސެންޓަރު، އަފީފުއްދީން ސްކޫލް އަދި ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ދައުވަތު ދޭން ވަނީ ނިންމާފަ އެވެ. ކޮންމެ ސްކޫލަކަށް ވެސް ދޭނީ 30 ސްލޮޓެވެ.

މި އިވެންޓް ކުރިއަށް ދާނީ މިމަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00 އިން 5:30 ގެ ނިޔަލަށެވެ. އިވެންޓް އޮންނާނީ ހދ. އެޓޯލް އެޑިއުކޭޝަން ސެންޓަރުގެ ހޯލްގަ އެވެ.

ކޮމެންޓް

1
450
ލަމް
10 months ago

ކޮންއިރަކު ލާމުގަ އޯޕެންޑޭ އެއް އޮންނާނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.