އިންތިހާބީ ރައީސް މުއިއްޒު ޔޫއޭއީއަށް ވަޑައިގެންފި

މި ދަތުރުފުޅު ރައީސް މުއިއްޒު ފެއްޓެވި އިރު މިދިޔަ މަހުގެ 30 ވަނަ ދުވަހު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންނެވި އެވެ. ސިންގަޕޫރުގެ ދަތުރުފުޅު ނިންމަވާލެއްވެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީއަށް މިއަދު ފުރާ ވަޑައިގެންފި އެވެ. 

އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް މިއަދު "މި" ނޫހަށް ވިދާޅުވީ ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ޔޫއޭއީގެ އަބޫދާބީއަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މަނިކުފާނުގެ ޔޫއޭއީ ދަތުރުފުޅުގައި މެހުމާންދާރީ އަދާ ކުރުމުގެ ގޮތުން ހުރިހާ ހަރަދެއް ހަމަޖައްސައި ދީފައިވަނީ ވެސް އެ ގައުމުން ކަމަށެވެ. 

ރައީސް މުއިއްޒު މިއަދު ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ވަޑައިގެންނެވި ނަމަވެސް އެއީ ކިތައް ދުވަހުގެ ދަތުރުފުޅެއްކަން ހާމަކޮށްފައެއް ނުވެއެވެ. އަދި އަރިހުގައި ވަޑައިގެންނެވި ޑެލިގޭޝަންގެ މައުލޫމާތެއް ވެސް ނެތެވެ.

މި ދަތުރުފުޅު ރައީސް މުއިއްޒު ފެއްޓެވި އިރު މިދިޔަ މަހުގެ 30 ވަނަ ދުވަހު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންނެވި އެވެ. އާއިލާ އާއި ޕާޓީ ލައިނުން ޕީޕީއެމާއި ޕީއެންސީގެ ބައެއް ލީޑަރުން ބައިވެރިވެ ވަޑައިގެންނެވި ސިންގަޕޫރުގެ ދަތުރުފުޅު ނިންމަވާލެއްވެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވެ.

ފުރަތަމަ ސްޓޭޓް ވިޒިޓް އޮތީ - ރައީސް މުއިއްޒުގެ ފުރަތަމަ ސްޓޭޓް ވިޒިޓް / ފުރަމާނަ ދަތުރުފުޅު އޮތީ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު މިމަހުގެ ފަހުކޮޅު އެކުވެރި އަރަބި މުސްލިމް ގައުމު، ސައުދީ އަރަބިއްޔާއަށެވެ. އެނގިފައިވާ ގޮތުގައި ސައުދީއަށް ރައީސް މުއިއްޒު ވަޑައިގަންނަވާނީ މި މަހުގެ 23 އިން 27 އަށެވެ.

ރައީސް މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ އެ މަނިކުފާނުގެ ރިޔާސީ ދައުރު ފައްޓަވާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު އެވެ. ރައީސް މުއިއްޒާއި ނައިބު ރައީސް ހުވާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ބާއްވާ ދަރުބާރު ޖަލްސާ ބާއްވަނީ މާލޭގެ ޖުމްހޫރީ މައިދާނުގަ އެވެ.

އެ މަނިކުފާނަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތް ވަނަ ރައީސެވެ. އަދި ދެ ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.