މަޓާޓޯ ކަންބޮޑުވުން | ވިކުނީ 51 ޕަސެންޓް އެނދު، އަށްމަހުގެ އާމްދަނީ ފަސް ގުނަ ދަށް

މަޓާޓޯއިން ބުނީ މި އަހަރު 160 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ޓޫރިޒަމަށް ގެއްލިގެން ގޮސްފައިވާ ކަމަށް، މިއީ ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

މަޓާޓޯއިން ބޭއްވި ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ރައީސް ވާހަކަ ދައްކަވަނީ -- މަޓާޓޯ

މި އަހަރުގެ މިހާތަނަށް ވިކިފައި ވަނީ ޓޫރިޒަމް އެނދުގެ 51 ޕަސެންޓް ކަމަށާ، މި އަހަރުގެ މިހާތަނަށް ޓޫރިޒަމް އާމްދަނީ ފަސް ޕަސެންޓް ގެއްލިފައިވާ ކަމަށް ބުނެ، މަޓާޓޯއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔަ، މަޓާޓޯއިން ސިލްސިލާކޮށް ނެރެން ފަށާފައިވާ މަންތްލީ ރިޕޯޓުގެ މި މަހުގެ އަދަދުގައިވާ ގޮތުން މިހާރު ރާއްޖޭގެ ޓޫރިޒަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓޫރިސްޓުން އިތުރުވި ނަމަވެސް ޓޫރިސްޓު އެނދު ވިކުނު އަދަދު މަދުވެ އާމްދަނީ ދަށްވުން ކަމަށް ވެސް ބުނެފައިވެ އެވެ. 

މާޓާޓޯއިން ބުނަނީ - އެ ޖަމިއްޔާއިން ބުނީ ޓޫރިސްޓުން ރާއްޖޭގައި އެވްރެޖުކޮށް ޓޫރިސްޓުން ހޭދަ ކުރާ މުއްދަތު ދަށްވަމުންދާ ކަމަށާ މިދިޔަ އަހަރު 8.1 ދުވަސް ހޭދަ ކުރި ނަމަވެސް މި އަހަރު ހޭދަކުރި މުއްދަތު އުޅެނީ 7.6 ދުވަހުގަައި ކަމަށެވެ.
  •  މިހާރު ހުރީ 62،822 އެނދު، ވިކުނު އަދަދަކީ 51 ޕަސެންޓުގަ
  •  އަށް މަހު ލިބިފައިވަނީ 2.6 ބިލިއަން ޑޮލަރު (40 ބިލިއަން ރުފިޔާ) ގެ އާމްދަނީ
  •  ޓޫރިޒަމް މި އަހަރު ވަނީ 160 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ގެ ގެއްލުންވެފަ
މާލެ އަތޮޅުގައި ނަމްމޯސް ބްރޭންޑުގައި ހުޅުވާ މަތީ ފަންތީގެ ރިސޯޓް

"... ހޭދަކުރާ މުއްދަތު ކުރުވުމަކީ ރާއްޖޭގެ ޓޫރިޒަމަށް ކަންބޮޑުވުމެކެވެ. އަދި ހޭދަކުރާ މުއްދަތު ކުރުވެ އައިސްފައިވާ ބަދަލުން ރާއްޖޭގައި ޓޫރިސްޓުން އެވަރެޖްކޮށް ހޭދަ ކުރަމުންދިޔަ މުއްދަތު ވެސް ވަނ،ީ ކުރިޔާ އަޅާބަލާއިރު ދަށަށް ގޮސްފަ އެވެ،" މަޓާޓޯއިން ބުނެފައިވެ އެވެ.

އެ ޖަމިއްޔާއިން ބުނީ މައިގަނޑު ހޯދުންތަކަށް ބަލާއިރު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ލިބެމުން އައި އާމްދަނީ އަނބުރާހޯދާ ކުރިޔަށްވުރެ އާމްދަނީ އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.

މި އަހަރު ޓޫރިޒަމް - ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަށް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1.5 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 1.3 މިލިއަން މީހުންނާ އަޅާބަލާނަމަ 13 ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރު 1.9 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.