ޖިހާދަށް ފަލަސްތީނަށް ދިޔަ މައްސަލައެއް ބަލަނީ

މީގެ ކުރީން ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން 173 މީހަކު ޖިހާދަށް ގޮސްފައި ވެއެވެ. އޭގެ ތެރެއިން މިހާރު ސީރިޔާގައި ތިބީ 59 މީހުންނެވެ.

ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުގެ ޑައިރެކްޓަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު

މިދިއަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ހިންގާ ޖަރީމާތަކާ ދެކޮޅަށް ޖިހާދު ކުރުމަށް ދިވެހިންތަކެއް ދިޔަ ކަމަށް ބުނާ މައްސަލައެއް ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން ބަލަން ފަށައިފި އެވެ.  

އެ ސެންޓަރުގެ ޑައިރެކްޓަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، އެފަދަ މައްސަލަ ސެންޓަރުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި މިހާރުގެ މައްސަލަ ބަލަން ވެސް ފަށާފައިވާ ކަމަށެވެ.

އެ މައްސަލަ ބަލަން ފެށީ އާންމު މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ތިން ދިވެއްސަކު ހަނގުރާމައަށް ފަލަސްތީނަށް ދިއުމަށްޓަކައި އުރުދުންއަށް އެތެރެވެފައިވާ ކަމަށް ބުނުމުން އެ އެކައުންޓްގެ ވެރިފަރާތް ބެލުމަށްފަހު އެވެ. 

ނަމަވެސް ޒަކަރިއްޔާ ވިދާޅުވީ މިހާތަނަށް އެއްވެސް ދިވެއްސަކު ފަލަސްތީނު ހަނގުރާމައަށް ދިޔަ މައްސަލައެއް އަދި ނެތް ކަމަށެވެ.

ރާއްޖޭގެ ޓެރެރިޒަމް މަނާކުރާ ގާނޫގައި ބުނާ ގޮތުން ބޭރުގެ ހަނގުރާމަތަކަށް ދިއުމާއި، އެފަދަކަމެއް ހިނގާ ސަރަހައްދަކަށް ދިއުމަކީ މަނާކަމެކެވެ. އެކަމަކު މީގެ ކުރީން ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން 173 މީހަކު ޖިހާދަށް ގޮސްފައި ވެއެވެ. އޭގެ ތެރެއިން މިހާރު ސީރިޔާގައި ތިބީ 59 މީހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.