ވިނަރެސް ފްލެޓްތައް ވިއްކުން މަޑުޖައްސާލައިފި

"ވީމާ، ދެންނެވުނު ޓެކްނިކަލް މައްސަލަތަށް ހައްލުކުރުމަށްފަހު ވިނަރެޝް މަޝްރޫއުއިން އެޕާޓްމެންޓް ބައްލަވައި ގަތުމަށް ފުރުސަތު ހުޅުވާލާނެ ތާރީހެއް މި ކޯރަޕޭޝަނުން އިއުލާނު ކުރާނެ ކަމުގައި ދަންނަވަން،" އާބަންކޯ އިން ބުންޏެވެ.

ވިނަރެސް ފްލެޓްތައް: ބާކީ ހުރި ފްލެޓްތައް ވިއްކުން ވަނީ މަޑުޖައްސާލައިފައި --

ހުޅުމާލޭގެ ހިޔާއަވަށުގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފްލެޓްތައް ވިއްކަން އިއްޔެ ހުޅުވާލި ވަގުތު ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން އެ ފްލެޓްތައް ވިއްކުން އާބަންކޯ އިން މަޑުޖައްސާލައިފި އެވެ.

ވިނަރެސް ޓަވަރުތަކުގައި ބާކީ ހުރި ފްލެޓްތަކުގެ ތެރެއިން އިއްޔެ ވިއްކަން ހުޅުވާޅީ 123 ފްލެޓެވެ. އެ ފްލެޓްތައް ވިއްކަން އިއްޔެ 10:00 ގައި ހުޅުވާލިއިރު ބައިގަޑިއިރު ތެރޭގައި ހުރިހާ ފްލެޓެއް ވަނީ ވިކި ހުސްވެފަ އެވެ.

އެކަމަކު ފްލެޓް ގަންނަން ބޭނުންވި ވަރަށް ގިނަ ބަޔަކަށް އެ ވަގުތުގައި ޕޯޓަލްއަށް ނުވަދެވި ފޯމު ހުށަހެޅޭ ގޮތް ވަނީ ނުވެފަ އެވެ. އެހެންވެ ވަރަށް ގިނަ މީހުން އެކަމުގެ ޝަކުވާ ކޮށްފައިވެ އެވެ.

އާބަންކޯ އިން މިއަދު ބުނީ ފްލެޓްތައް ވިއްކަން އެޕްލޮކޭޝަން ފޯމު ހުށަހެޅުމަށް ހުޅުވާލި ވަގުތު ޕޯޓަލްއަށް ދިމާވި މައްސަލަތަކާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި، އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

އެހެންވެ، އެޕާޓްމެންޓްތައް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.


"ވީމާ، ދެންނެވުނު ޓެކްނިކަލް މައްސަލަތަށް ހައްލުކުރުމަށްފަހު ވިނަރެޝް މަޝްރޫއުއިން އެޕާޓްމެންޓް ބައްލަވައި ގަތުމަށް ފުރުސަތު ހުޅުވާލާނެ ތާރީހެއް މި ކޯރަޕޭޝަނުން އިއުލާނު ކުރާނެ ކަމުގައި ދަންނަވަން،" އާބަންކޯ އިން ބުންޏެވެ.

ވިނަރެސް ފްލެޓްތަކަކީ ހިޔާ މަޝްރޫއުގައި އާބަންކޯ އިން ހިންގި، އެއްވެސް މައްސަލައެއް ކުރިމަތި ނުވާ ފްލެޓްތަކެކެވެ. އެ މަޝްރޫއުގައި 10 ޓަވަރު ހިމެނެ އެވެ. އަދި ވިނަރެސްއަކީ މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިޔާގެ ތެރެއިން ކުރިޔަށް ގެންދިޔަ ބައެކެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނެނީ 13 ބުރީގެ 10 ޓަވަރެވެ. ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ. 

ކޮމެންޓް

2
450
މޮުޔަ މީހާ
9 months ago

ވިކި ހުސްވެފަ ހުރި އެއްޗެއް އަލުން ހުޅުވާލިޔަސް ލިބޭނީ ކިހިނެއް ކޮސްވާހަކަ

އަޒީ
9 months ago

މިފަހަރު ފޯމު ލެވޭނެ ކަމަށް އުންމީދު ކުރަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.