ހިލޭ ބައިވެެރިވެވޭ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް

މި ޕްރޮގްރާމްގައި ބައިވެރިވެ އެންމަ މަތީން މާކްސް ހޯދާ ފަސް ދަރިވަރަކަށް "މި" ނޫހުގައި މަސައްކަތް ކުރާނެ ފުރުސަތުގެ ދިނުމުގެ އިތުރުން އެހެން ނޫސްތަކުގައި މަސައްކަތް ކުރަން ފުރުސަތު ހޯދައިދޭން މަސައްކަތްކޮށްދޭނެ އެވެ.

އަލަށް ނޫސްވެރިކަން ފަށާ ޒުވާނުންނަށް ހާއްސަކޮށް ނޫސްވެރިކަމުގެ އަސާސީ ތަމްރީނުތަކުގެ ވޯކްޝޮޕެއް "މި" ނޫހުގެ ފަރާތުން ހިންގަން ނިންމައި އިއުލާން ކޮށްފި އެވެ. 

"މ" ނޫހުގެ އޮފީޝަލަކު މިއަދު ވިދާޅުވީ މި ކޯހަކީ އަލަށް ނޫސްވެރި ކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނަށް ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭނެ ތަމްރީނު ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމްގައި ކިޔަވައި ދެއްވާނީ ދިވެހި ނޫސްވެރި ކަމުގެ ތަޖުރިބާކާރުން ކަމަށެވެ.

=އެ އޮފިޝަލު ވިދާޅުވީ ނޫސްވެރިންގެ ފެންވަރު މަތިކޮށް ގާބިލު އަދި ތަމްރީން ލިބިފައިވާ ޒުވާނުން އުފައްދާ ފުރުސަތު ތަނަވަސް ކޮށްދޭން "މި" ނޫހުން ޝައުގުވެރިވާ ކަމަށާއި ހެޔޮ ގޮތުގައި މީޑިއާ ދަމަހައްޓައިދޭނެ ނޫސްވެރީން އުފެއްދުމާއި ނޫސްވެރިންގެ އިތުބާރާއި ޔަގީންކަން ކަށަވަރު ކޮށްދޭން ބޭނުންވާ ކަމަށެވެ. 

  •  މުއްދަތު: ނޮބެމްބަރު: 10 އިން 24 އަށް
  •  ރަޖިސްޓްރީ ކުރަން: 7399333 ނަމްބަރަށާއި 7608080 އަށް ގުޅޭނެ
  •  އީމެއިލް: info@minoos.mv އަށް މެއިލް ކޮށްގެން ވެސް ބައިވެރިވޭނެ

މި މަހުގެ 10 އިން 24 އަށް ކުރިޔަށް ގެންދާ ނޫސްވެރިކަމުގެ ތަމްރީނު ވޯކްޝޮޕްގައި ބައިވެރިންވާން އެދި ރަޖިސްޓްރީ ކުރަން 7399333 ނަމްބަރަށާއި 7608080 އަށް ގުޅައިގެންނާއި އީމެއިލް: info@minoos.mv އަށް މެއިލް ކޮށްގެން ވެސް ބައިވެރިވޭނެ އެވެ.

ބައިވެރިންގެ އަދަދު 20 ޖާގައަށް ލިމިޓް ކޮށްފައިވާ މި ޕްރޮގްރާމްގައި ރަޖިސްޓަރީކޮށް ދޭނީ ފުރަތަމަ ގުޅާ ފަރާތްތަކަށް އިސްކަން ދޭ ގޮތަށެވެ. ބައިވެރިވާން އެެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެ އެންމަ މަތީން މާކްސް ހޯދާ ފަސް ދަރިވަރަކަށް "މި" ނޫހުގައި މަސައްކަތް ކުރާނެ ފުރުސަތުގެ ދިނުމުގެ އިތުރުން އެހެން ނޫސްތަކުގައި މަސައްކަތް ކުރަން ފުރުސަތު ހޯދައިދޭން މަސައްކަތްކޮށްދޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.