އިންތިހާބީ ރައީސް މާލެ ވަޑައިގެންފި

ރައީސް މުއިއްޒާއި ނައިބު ރައީސް ހުވާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ބާއްވާ ދަރުބާރު ޖަލްސާ ބާއްވަނީ މާލޭގެ ޖުމްހޫރީ މައިދާނުގަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އިންތިހާބީ ރައީސް / ރއީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރޭ މާލެ ވަޑައިގެންފި އެވެ. 

އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މަހު 30 ގައި އަމިއްލަ ދަތުރުފުޅެއްގެ ގޮތުގަ އެވެ. އެއީ ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެ ވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް އެ މަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ސިންގަޕޫރު ދަތުރުފުޅުގައި ރައީސް މުއިއްޒާއެކު އާއިލާ އާއި ޕާޓީ ލައިނުން ޕީޕީއެމާއި ޕީއެންސީގެ ބައެއް މަދު ލީޑަރުން ވެސް ވަޑައިގަތެވެ. 

ރައީސް މުއިއްޒުގެ ފުރަތަމަ ސްޓޭޓް ވިޒިޓް / ފުރަމާނަ ދަތުރުފުޅު އޮތީ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު މިމަހުގެ ފަހުކޮޅު އެކުވެރި އަރަބި މުސްލިމް ގައުމު، ސައުދީ އަރަބިއްޔާއަށެވެ.

ރައީސް މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ އެ މަނިކުފާނުގެ ރިޔާސީ ދައުރު ފައްޓަވާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު އެވެ. ރައީސް މުއިއްޒާއި ނައިބު ރައީސް ހުވާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ބާއްވާ ދަރުބާރު ޖަލްސާ ބާއްވަނީ މާލޭގެ ޖުމްހޫރީ މައިދާނުގަ އެވެ.

އެ މަނިކުފާނަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތް ވަނަ ރައީސެވެ. އަދި ދެ ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.