ދަރަނި ނުދައްކާ މީހުންގެ މުޅި އާއިލާއަށް އެއްވެސް ހިދުމަތެއް ނުދޭން ނިންމައިފި

ދަރަނި އަދާކޮށް ނިންމަން ދެން އެފަދަ މީހުންގެ އަނބި، ފިރި އަދި ދަރީންނަށް ކައުންސިލުގެ އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދޭން ވަނީ ނިންމާފައެވެ.

ފެލިދެއަތޮޅު ފެލިދޫ

ފެލިދެއަތޮޅު ފެލިދޫ ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މީހުންގެ މުޅި އާއިލާ އަށް އެއްވެސް ހިދުމަތެއް ނުދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

މި މަހުގެ ފުރަަތަމަ ދުވަހު ބޭއްވި ފެލިދޫ ކައުންސިލްގެ 29 ވަނަ އާންމު ޖަލްސާގެ ނިންމުންތަކާއި ގުޅިގެން އެ ކައުންސިލުން ކުރި އިއުލާނެއް ގައި ބުނެފައި ވަނީ ފެލިދޫ ރައްޔިތުންގެ އާމްދަނީ އަށް ލިބެން ޖެހޭ ފައިސާ ނުދައްކާ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެކަމުގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން ދަރަނި އަދާކޮށް ނިންމަން ދެން އެފަދަ މީހުންގެ އަނބި، ފިރި އަދި ދަރީންނަށް ކައުންސިލުގެ އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދޭން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން 29 ވަނަ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށް ވެސް އިއުލާނު ގައި ވެއެވެ.

މި ނިންމުމާއި ގުޅިގެން ކައުންސިލަށް ފައިސާ ދައްކަން ޖެހޭ މީހުން ފައިސާ ދެއްކުމަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މި މުއްދަތުގެ ފަހުން ފައިސާ ނުދައްކާ މީހުންގެ ލިސްޓް ކޮންމެ މަހަކު އާންމުކޮށް އިއުލާނު ކުރަން ވެސް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.