ލައިސަންސް ނުނަގައި ގޭގޭގައި ރީ-ބްރޯޑްކާސްޓް ކުރެވޭ ގޮތް ހަދައިފި

ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ހ) ދަށުން އަކުރެއް އިތުރުކޮށް ގަވާއިދުގައި މިހާރު ބުނަކީ އަމިއްލަ ބޭނުމެއް ކަމުގައި ބަޔާންކޮށްފައި ވަނީ ގޭބިސީއެއްގައި އެފަދަ ހިދުމަތެއް ބޭނުންކުރުމަށް ކަމަށެވެ.

ބްރޯޑްކޮމް މެމްބަރުން: ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައި

ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނުނަގައި އަމިއްލަ ބޭނުމަށް ގޭބިސީތަކުގައި ރީ-ބްރޯޑްކާސްޓް ކުރެވޭ ގޮތަށް ނުވަތަ ކޭބަލް ޓީވީން ދައްކާ ޗެނަލްތައް ތަފާތު ހިދުމަތްތައް މެދުވެރިކޮށް ބެލޭނެ ގޮތަށް ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ކުރިން އޮންނަނީ އަމިއްލަ ބޭނުމަށް ފިޔަވައި ރާއްޖޭގެ އެހެން ތަނެއްގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭންވާނީ އެކަމަށް އެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ލައިސަންސް ލިބިގެންނެވެ.

އެކަމަކު ބްރޯޑްކޮމް އިން ވަނީ އަމިއްލަ ބޭނުމަށް ރީ-ބްރޯޑްކާސްޓް ކުރާ ފަރާތްތަކަށް އެ ލައިސަންސް ނަގަން ނުޖެހޭނެ ކަމަށް ބަޔާންކޮށް ގަވާއިދަށް އިސްލާހު ކޮށްފަ އެވެ. އެގޮތުން، އަމިއްލަ ބޭނުމަކީ ކޮބައިކަން ބަޔާންކޮށް އިތުރު އަކުރެއް ގަވާއިދަށް އިތުރުކޮށްފައިވެ އެވެ.

ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ހ) ދަށުން އަކުރެއް އިތުރުކޮށް ގަވާއިދުގައި މިހާރު ބުނަކީ އަމިއްލަ ބޭނުމެއް ކަމުގައި ބަޔާންކޮށްފައި ވަނީ ގޭބިސީއެއްގައި އެފަދަ ހިދުމަތެއް ބޭނުންކުރުމަށް ކަމަށެވެ.

ގަވާއިދަށް ގެނައި އިތުރު އިސްލާހުތަކުގެ ތެރޭގައި، ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އާ ކުރުމަށް އިތުރު ޝަރުތުތަކެއް ހިމަނާފައިވެ އެވެ. އެގޮތުން، ލައިސަންސް އާކޮށްދެވޭނީ ކޮމިޝަނަށް ދައްކަން ޖެހޭ އެއްވެސް ފީއެއް އަދި ޖޫރިމަނާއެއް ނެތް ފަރާތްތަކަށް ކަމަށާއި، ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ ޝަރުތަކާ ހިލާފުވެފައިވާނަމަ ލައިސަންސް އާ ނުކޮށްދޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.