އާ ސަރުކާރުގެ އިސްކަން ދިނުމުގައި ނެތީ ކޮރަޕްޝަން ހުއްޓުވުން: ޝިފާއު

މުއިއްޒު އެ މަނިކުފާނުގެ ކެމްޕޭނާއި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެ ވަޑައިގަތުމަށް ފަހުގައި ވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ކޮރަޕްޝަން ހިންގާ ފަރާތްތަކާމެދު އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށް ތަކުރުރާކޮށް ވިދާޅުވެއެވެ.

ރައްޔިތުން މަޖިލީހުގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު

ރާއްޖޭގައި އަލަށް އުފެދޭ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިސްކަން ދޭ ކަންކަން ވަރަށް ގިނަ ވެފައި ދިގު ކަމަށާއި އިސްކަން ދޭ އެ ލިސްޓްގައި ނެތީ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅު ވެއްޖެ އެވެ.

އޭނާ މިފަދަ މޭރުމަކުން، އަލަށް އުފެދޭ އިންތިހާބީ ރައީސް / ރައީސް މުއިއްޒުގެ ސަރުކާރަށް އެކްސްގައި ފާޑު ވިދާޅުވެފައި ވަނީ ރައީސް މުއިއްޒު ވެސް ޓެގް ކުރައްވައިގެނެވެ. 

ވިދާޅުވެފައި ވެއެވެ: 

"އަންނަންހުރި ރައީސް ‎މުއިއްޒު، އިސްކަންދޭ ކަންކަމުގެ ލިސްޓް ވަރަށް ދިގު. މިހާރު އިސްކަން ދޭ ލިސްޓުގަ ނެތީ ހަމައެކަނި ވައްކަމާ ކަރަޕްޝަން ހުއްޓުވުން." 


ރައީސް މުއިއްޒުގެ ސަރުކާރު ފަށަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. 

ރައީސް މުއިއްޒު އެ މަނިކުފާނުގެ ކެމްޕޭނުގައި ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެ ވަޑައިގަތުމަށް ފަހުގައި ވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ކޮރަޕްޝަން ހިންގާ ފަރާތްތަކާމެދު އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށް ތަކުރުރާކޮށް ވިދާޅުވަމުން ގެންދަވަ އެވެ. 

އަދި ސަރުކާރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުހައި ތިބޭނީ އިހުލާސްތެރި ތައުލީމީ ބޭފުޅުން ކަމަށާއި އިތުރު ބަޔަކަށް އެ ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑުގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެކަންކުރާ ފަރާތެއް ފާހަގަވެއްޖިއްޔާ އަޅުގަނޑު އިސްވެ އެކަމަށް ފިޔަވަޅު އަޅާނަން" މުޢިއްޒު ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.