ޣައްޒާ ތެލަށް ޖެހިފައި ވަނިކޮށް ދިވެހީންގެ އެހީގައި 20 ހާސް ލީޓަރުގެ ތެޔޮ ފޯރުކޮށްދީފި

އައިއޭސީން ބުނި ގޮތުގައި ޔަހުދީންގެ އަނިޔާވެރިކަން ކިތަންމެ މައްޗަށް ގެންދިޔަސް ޣައްޒާ އަށް އެހީތެރިވުން ހުއްޓާ ނުލާނެ އެވެ. އެހީ ފޯރުކޮށް ދިނުމުގައި ދެމި ތިބޭނެ އެވެ.

ޔަހޫދީން ސުންނާފަތިކޮށްލާފައި ޣައްޒާ: ޣައްޒާ ގައި ހިންގަނީ އިންސާނިއްޔަތާއި ހިލާފު ބޮޑު ޖަރީމާ އެއް

ފަލަސްތީނުގެ ޣައްޒާ ގައި ވަޒަނެއް ނެތް ޔަހޫދީން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން އެ ސިޓީން ތެޔޮ ހުސްވެ ހޮސްޕިޓަލް ތަކުގެ ހިދުމަތް މެދުކެނޑޭން ދަނިކޮށް ދިވެހީންގެ އެހީ ގައި 20 ހާސް ލީޓަރުގެ ތެޔޮ ފޯރުކޮށްދީފި އެވެ.

އަމިއްލަ ދިފާއުގައި ކަމަށް ބުނެ އިޒްްރޭލްގެ ޒަޔަނިސްޓު ސިފައިން ގެންދަނީ ފަލަސްތީނުގައި -- ހާއްސަކޮށް ޣައްޒާ ގައި އިންސާނިއްޔަތާއި ހިލާފު ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އެއްގަމުންނާއި ވައިގެ މަގުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅާ ސުންނާފަތި ކުރަމުން ގެންދާއިރު ކާނާއާ ބޭހާއި އަންނައުނާއި ތެޔޮ ފޯރުކޮށް ދިނުމަށް ވެސް ދަނީ ހުރަސް އަޅަމުންނެވެ.

ތެޔޮ ލިބުން މުޅީން ހުއްޓި ޣައްޒާގެ ހޮސްޕިޓަލްތައް ހުއްޓުމުގެ ބިރު އޮތީ މުޅީން ހީވެފައެވެ. ހޮސްޕިޓަލްތަކުގައި އެތައް ހާސް ބަޔަކު ފަރުވާ ހޯދަމުންދާއިރު ތެޔޮ ހުސްވެ ކަރަންޓް ކެނޑިއްޖެނަމަ އެ މީހުން މަރުވުމުގެ ފުރުސަތު ބޮޑެވެ. ޣައްޒާ އަށް ތެޔޮ ވެއްދުމަށް ހުރަސް އަޅަނީ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުން ބޭނުން ކުރާނެ ކަަމަށް ބުނެ އެވެ.

ދިވެހީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރާ ފައިސާ އިން އެހީތެރިކަން ފޯރުކޮށްދޭ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ބުނި ގޮތުގައި ދިވެހީންގެ އެހީގައި 20 ހާސް ލީޓަރުގެ ތެޔޮ މިހާރު ވަނީ ޣައްޒާއަށް އެތެރެކޮށްފައެވެ. އެ ގޮތުން ޣައްޒާގެ އަލް އަގްސާ މާޓިޔާސް ހޮސްޕިޓަލަށް ތެޔޮ ފޯރުކޮށްދީ މިހާރު ދަނީ ބޭނުން ކުރަމުންނެވެ.

އައިއޭސީން ބުނި ގޮތުގައި ޔަހުދީންގެ އަނިޔާވެރިކަން ކިތަންމެ މައްޗަށް ގެންދިޔަސް ޣައްޒާ އަށް އެހީތެރިވުން ހުއްޓާ ނުލާނެ އެވެ. އެހީ ފޯރުކޮށް ދިނުމުގައި ދެމި ތިބޭނެ އެވެ. 

ހަމާސްއާ ދެކޮޅަށް ޔަހޫދީ ސިފައިން މިހާރު ފަށާފައިވާ ހަނގުރާމާގައި މުޅި ގާޒާ ވަނީ ސުންނާފަތި ކޮށްލާފައެވެ. ކުށެއް ނެތް އާންމުން ދަނީ ޝަހީދު ކުރަމުންނެވެ. މިހާތަނަށް ނުވަހާހަށް ވުރެ ގިނަ މީހުން ޝަހީދު ވެއްޖެ އެވެ. އޭގެ ތެރޭގައި 3،000 ވުރެ ގިނަ ކުޑަކުދީން ހިމެނެ އެވެ.

ފަލަސްތީނުގެ ދިފާއުގައި މުޅި ދުނިޔޭ ގައި ވެސް ގަދަ އަޑަކީ ދިވެހީންގެ އަޑެވެ. މިދިޔަ ސާޅީހަކަށް އަހަރު ދިވެހީން ގެންދިޔައީ ބައިނަލްއަގްވާމީ ދުނިޔެއާ ރާއްޖޭގައި އެ އަޑު އުފުލަމުންނެވެ. ދިވެހީންނަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެމުން ދިޔަ އެވެ. ދިވެހީންގެ ހިތްތަކުގައި ފަަލަސްތީނަށް އޮތީ ވަރަށް ހާއްސަ ލޯތްބަކާއި ގަދަރެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.