ޝުރައްދާ އާއި ރާހުލް މޯޑީގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ "ތޫ ޖޫތީ މޭ މައްކާރު" މި ފިލްމުގެ މަސައްކަތުގެ ތެރެއިން ކަމަށްވެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރުގެ ލޯބި ކައިވެންޏާ ހަމައަށް ގޮސް މިހާރު ކައިވެނި އުޅޭ ކަމަށް ބޮލިވުޑްގެ މިޑީއާ ރިޕޯޓްތައް ބުނެފި އެވެ.
ގިނަ ރިޕޯޓްތައް ބުނާ ގޮތުން ޝްރައްދާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބޮލީވުޑްގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ރާހުލް މޯޑީ އާއެވެ. އަދި ޝްރައްދާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ތޫ ޖޫތީ މޭ މައްކާރު" ފިލްމު ވެސް ލިޔެފައިވަނީ އޭނާ އެވެ..
ޝުރައްދާ އާއި ރާހުލް މޯޑީގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ "ތޫ ޖޫތީ މޭ މައްކާރު" މި ފިލްމުގެ މަސައްކަތުގެ ތެރެއިން ކަމަށްވެ އެވެ. ދާދިފަހުން ޝުރައްދާ ކަޕޫރަށް އެންމެ ފަހުގެ އައިފޯން، ރާހުލް މޯޑީ ގަނެދިން ކަމަށް ވެސް ރިޕޯޓްތައް ހަދާފައި ވެއެވެ.
މި ކައިވެންޏަށް ދެފަރާތުގެ އާއިލާއިން ވެސް ޝައުގުވެރި ވެއެވެ.