އިންތިހާބީ ރައީސް މިރޭ ސިންގަޕޫރަށް ވަޑައިގަންނަވަނީ

ރައީސް މުއިއްޒު ސިންގަޕޫރަށް ފުރާ ވަޑައިގަންނަވާއިރު އެމަނިކުފާނު މަގާމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު: މިރޭ ނުރަސްމީ ދަތުރުފުޅުގައި ފުރ

ނުރަސްމީ ދަތުރުފުޅެއްގައި އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ އެވެ. 

މިއީ ވެރިކަމަށް އިންތިހާބުވެ ވަޑައިގަތުމަށް ފަހު ގައުމުން ބާރަށް އެ މަނިކުފާނު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެ މަނިކުފާނުގެ ނުރަސްމީ މި ދަތުރުފުޅުގެ ބޭނުން ސާފުވެފައެއް ނުވެއެވެ. 

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި އެ މަނިކުފާނާއެކު ޕީއެންސީ އާއި ޕީޕީއެމްގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. މި ދަތުރުފުޅު ސިންގަޕޫރަށް ކުރައްވާއިރު އެ މަނިކުފާނުގެ ފުރަތަމަ ސްޓޭޓް ވިޒިޓް / ފުރަމާނަ ދަތުރުފުޅު ރާއްވަވާފައި އޮތީ އަންނަ މަހުގެ ފަކޮޅު ސައުދީއަރަބިއްޔާ އަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ރައީސް މުއިއްޒު ސިންގަޕޫރަށް ފުރާ ވަޑައިގަންނަވާއިރު އެމަނިކުފާނު މަގާމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު 17 ވަނަ ދުވަހު މާލޭގެ ޖުމްހޫރީ މައިދާނުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.