ގައުމީ އެއާލައިން ބަލިކަށިކަމުން އަހަރަކު ޓިކެޓަށް އެކަނި 1.5 ބިލިއަން ޑޮލަރު ގެއްލޭ

ވަލީދު ވިދާޅުވީ މިހާރު ޓެކުހުގެ ގޮތުގައި 20 މިލިއަން ޑޮލަރު ވެސް ނުލިބޭ ކަމަށް. ގައުމީ އެއާލައިންގައި ކެޕޭސިޓީ ނެތުމުން ބޮޑު އަދަދެއްގެ ރުފިޔާ ރާއްޖޭން ބޭރު ވެގެންދާ ކަމަށް

ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ

ރާއްޖޭގައި ރަނގަޅު ފެންވަރުގެ ގައުމީ އެއާލައިނެއް ނެތުމުން  - މޯލްޑިވިއަންގެ ބަލިކަށިކަމުން - ރާއްޖެއަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 23 ބިލިއަން ރުފިޔާ) ގެއްލިގެންދާ ކަމަށް ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ވިދާޅުވެއްޖެ އެވެ. 

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާ ދެންނެވުމަށް 100 އަށްވުރެ ގިނަ ވިޔަފާރިވެރިންނާއެކު ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، ރަޝިއާ އިން ޓޫރިސްޓުން ގެންނަ އެންމެ ބޮޑު ދިވެހި ކުންފުނި ކަމަށްވާ ރިސޯޓް ލައިފްގެ ވެރިޔާ ޝާޒް ވަލީދު ވިދާޅުވީ ގައުމީ އެއާލައިނެއް ނެތުމުން އަހަރަކު ޓިކެޓަށް އެކަނި ވެސް ރާއްޖެއަށް ލިބެން ޖެހޭ 1.5 ބިލިއަން ޑޮލަރު ގެއްލިގެންދާ ކަމަށާ، މިއީ ސަރުކާރުން ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

"އެއާލައިނެއް ނެތީމަ ރާއްޖެއަށް ފަތުރުވެރިން އަންނަން މި ޖެހެނީ ވަރަށް ބޮޑެތި އަދަދު ތަކެއް ހޭދަކޮށްފައި. މިސާލަކަށް ރަޝިއާ އަށް ބެލި ނަމަވެސް 2،000 އާއި 3،000 ޑޮލަރު ޓިކެޓް ނަގައިގެން މި ގެންނަނީ. އަޅުގަނޑުމެން ޔަގީންކަން މި ދެނީ މަނިކުފާނު [އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރު] ން އެއާލައިނެއް ފައްޓަވައި ދެއްވާށޭ.. އަޅުގަނޑުމެން މިތިބީ އެއާލައިން ކުރިއަށް ގެންގޮސް ދޭން ތައްޔާރަށް، އެ ޔަގީންކަން ދެން،" ރަޝިއާގައި އޮފީސް ހުޅުވައިގެން ވިޔަފާރިކުރައްވާ ވަލީދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ރާއްޖެއަށް ގިނަ އަދަދެއްގެ ބޭރު ފައިސާ މިކަމުން ގެއްލިގެން ދާއިރު، ޓެކުހުގެ ގޮތުގައި ނިސްބަތުން ރާއްޖެއަށް ލިބެނީ ވަރަށް މަދު އަދަދެއް ކަމަށެވެ. 

"އަޅުގަނޑު ހަމަ ހައިރާންވޭ މިހާރު ރާއްޖެއަށް 100 މިލިއަން ޑޮލަރު ވެސް ނުވަދޭ. ވިހި މިލިއަން ޑޮލަރު ވެސް ނުލިބޭ. އެހެންވެ މިއީ އިގްތިސޯދަށް ލިބޭ ބޮޑު ގެއްލުމެއް،" ވަލީދު ވިދާޅުވި އެވެ. 

ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން މީގެ ކުރިން އެއާބަސް ބޮޑު ބޯޓް ބޭނުން ކޮށްގެން ޗައިނާއިން ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނަ އެވެ. ނަމަވެސް މިހާރު ރާއްޖެއަށް ޓޫރިސްޓުން އަންނަ ދުރު ގައުމަކުން މީހުން ގެނައުމުގެ ކެޕޭސިޓީއެއް އެ ކުންފުންޏަކު ނެތެވެ. ސަބަބަކީ މިހާރު ގެންގުޅޭ ބޯޓުތަށް ކުޑަވެފައި މާލީ ގޮތުން ކުންފުނި ބަލިކަށިކަމެވެ. 

ކޮމެންޓް

1
450
މައި
10 months ago

އެހާ ދެރަވަރު ހިދުމަތް ދެނީ. ރަނގަޅު ކުރަން އުޅެބަ މޯލްޑިވިއަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.