މި ސަރުކާރުން ފައިސާ ނުދީގެން ލައިފް ސޭވިން އޮޕަރޭޝަނެއް ލަސްވި

ނާޝިދު ވިދާޅުވީ ސަރުކާރުން ލިބެން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ބޭރުގެ ސަޕްލަަޔަރުންނާ ދެމެދު އޮތް އިތުބާރު ގެއްލިގެން ގޮސްފައިވާ ކަމަށް. މިކަމުން މުޅި އިގްތިސޯދަށް ގެއްލުން ވަމުންދާ ކަމަށް.

އޭޑީކޭ ކުންފުނީގެ ވެރިޔާ ނާޝިދު ރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ

ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބި ހުރުމުން މުހިންމު މެޑިކަލް ސާމާނާއި އާލާތް ނުގެނެވި މުހިންމު އޮޕަރޭޝަނެއް ލަސްކުރަން ދާދި ފަހުން ޖެހުނުކަމަށް އޭޑީކޭގެ ވެރިޔާ، އަހުމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އިންތިހާބީ ރައީސް ވިޔަފާރިވެރިންނާ ބައްދަލު ކުރައްވަން ބޭއްވި ހަފުލާއެއްގައި ބައިވެރި ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އޭޑީކޭ ކުންފުނީގެ ވެރިޔާ - އޭޑީކޭ ނާޝިދު ވިދާޅުވީ ސަރުކާރުން އެކިއެކި ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ވަރަށް "ފަލަ" ކަމަށެވެ. އޭގެ ސަބަބުން އެކި ސިނާއަތްތަކަށް ބުރޫ އަރަމުންދާ ކަމަށެވެ. 

"މީގެ ސަބަބުން އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތް ހުއްޓި. ސަޕްލަޔަރުންނާއި އަޅުގަނޑުމެންނާމެދު އޮތް ކޮންފިޑެންސް ގެއްލި ވަރަށް ބޮޑެތި ގޮންޖެހުންތައް މިހާރު ކުރިމަތިވަމުން ދަނީ. ހެލްތު ކެއާ އިންޑަސްޓްރީއަށް ބަލާނަމަ ބައެއްކަހަލަ ވައިޓަލް ސަޕްލައި ހުއްޓުނު. މި ދޭތެރެއިން އަޅުގަނޑުމެން ކުރަން ޖެހުނު ލައިފް ސޭވިން ސާޖަރީއެއް ޑިލޭވެގެން ދިޔަ! މީހަކު ގޮސް އެ ތަކެތި ގަނެގެން އައިސް އެ ސާޖަރީ ކުރަން ޖެހޭ ހިސާބަށް ދިޔަ،" ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުގެ ވެރިޔާ ވިދާޅުވި އެވެ. 

ކުރިން ރައްޔިތުން މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ނާޝިދު ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު އެފަދަ ކަންކަން ވަރަށް ސީރިޔަސް ކަމެއްގެ ގޮތުގައި ބައްލަވައި ދެއްވަން ޖެހޭނެ ކަމަށާ، އެއީ ސަރުކާރުން ޕްރައިވެޓް ސެކްޓަރަކަށް ދޭން ޖެހޭ ފައިސާގެ ކަންކަން ކަމަށެވެ. 

"ކޮންޓްރަކްޝަން އިންޑަސްޓްރީ އާއި އެހެނިހެން އިންޑަސްޓްރީތަށް އޮތީ ވަރަށް ހާލަތުގައި. އެކަން ހައްލު ކޮށްދެއްވާނެ ކަމަށް އުންމީދު ކުރަން،" ނާޝިދު ވިދާޅުވި އެވެ. 

ކޮމެންޓް

2
450
ތޮލް
10 months ago

ފުރާނަ އަކަށްވުރެ މުހިއްމުވަނީ ފައިސާ ހެން ހީވަނީ...

ބޯހަލާކު
10 months ago

ތިހުރިހާ ދަރަންޏެއް ދައްކާފަ ވި ވައުދު ތަކުން ވައުދެއް ފުއްދޭނެބާ މި 5 އަހަރު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.