އެލައިޑުން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އިނާމަކަށް ލިބެނީ 50 އިންޗީގެ ބޮޑު ޓީވީ އެކެވެ. ހަމައެކަނި ޖެހެނީ ސޯޝަލް މީޑިއާގައި އަޔާދީތަކާފުލްގެ ޕޭޖް ލައިކްކޮށްލާފަ ޝެއާކޮށްލާށެވެ.
އެލައިޑުގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްގެ ހޯމްކޮންޓެންޓް ޕްލޭންތަކުގެ ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް އެބަ ގެންދެ އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ތަކާފުލްގެ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ އެލައިޑުގެ އަޔާދީގެ "ހޯމް ކޮންޓެންޓް ޕްލޭން" ތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންތަކުގައި "ހޯމް ކޮންޓެންޓް އަޔާދީ ތަކަފުލް" އަދި "އަހަރެންގެ ހިޔާ" ގެ އިތުރުން "ހިޔާވަހި" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ތިން ޕްލޭން ނެގުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ.
ޕްރޮމޯޝަންތަކުގައި ބައިވެރިވާނީ ކިހިނެއް ؟ މި ޕްރޮމޯޝަންގައި ބައިވެރިވާން ވަރަށް ފަސޭހަ އެވެ. ބައިވެރިވާން ކުރަން ޖެހޭ ހަމައެކަނި ކަމަކީ ސޯޝަލް މީޑިއާގައި އެލައިޑް އިސްލާމިކް ވިންޑޯ ޝެއާކޮށްފަ އެވެ. މި ޕްރޮމޯޝަންގެ އިނާމަކަށް ލިބެނީ ގުރުނަގައިގެން ދިމާވުމުން 50 އިންޗީގެ ޓީވީ އެކެވެ.
އެލައިޑުގެ ހޯމް ކޮންޓެންޓް ޕްލޭންގައި ހިމެނޭ ހޯމް ކޮންޓެންޓް ތަކާފުލްއަކީ އަމިއްލަ ނަސްސާއި އެމީހެއްގެ (ނުވަތަ ގާނޫނީ ގޮތުން ޒިންމާވާން ޖެހޭ) ނުވަތަ ދާއިމީކޮށް ދިރިއުޅޭ ގޭތެރޭގައި މަސައްކަތް ކުރާ ފަރާތްތަކާއި ގޭތެރޭގެ މުދަލާއި ތަކެއްޗަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދޭ ޕްލޭން އެވެ.
މި ޕްލޭން ނެގުމުން ގެދޮރުގެ ތަކެއްޗާއި ފަރުނީޗަރު ފަދަ ތަކެއްޗަށް ފެން ބޮޑުވުމާއި އަލިފާނުގެ ހާދިސާތަށް ފަދަ ކަންކަމުން ލިބޭ ގެއްލުން ތަކަށް ވެސް ބަދަލު ލިބިގެންދާނެ އެވެ. މީގެ އިތުރުން އަހަރެންގެ ހިޔާގެ ނަމުގައި ހާއްސަ ޕްލޭންއަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ޕްލޭން އެކެވެ. އަދި އަނެއް ޕްލޭންއަކީ ހިޔާވަހިގެ ނަމުގައި ހާއްސަކޮށްފައިވާ ޕްލޭން އެކެވެ. މި ޕްލޭނުން ކަވަރު ކުރާ ކަންކަމުގެ ތެރޭގައި ގޭގައި ބޭނުންކުރާ އަގުބޮޑެތި ސާމާނު ހިމެނެ އެވެ.
ސަޅި ޕެކޭޖްތަކެއް