ސާވޭ | ކޮންސްޓްރަކްޝަން ދާއިރާގެ ހާލަތު ގޯސް، ދުވެލި ލަސް

ކުންފުނިތަކަށް ސަރުކާރުން ލިބެން ޖެހޭ ފައިސާ ނުލިބުމުގެ މައްސަލަތަށް މި ސިނާއަތަށް ވަރަށް ބޮޑެވެ. މީގެ ސަބަބުން ކުންފުނިތަކުގެ ހާލަތު ވަނީ ގޯސްވެފަ އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ސައިޓެއް: އިމާރާތްކުރުމުގެ ދާއިރާގެ ދުވެލި ވަނީ ލަސްވެފައި -- މި

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ ދުވެލި، މިމިދިޔަ ތިން ވަނަ ކުއާޓަރުގައިވެސް ވަރަށް ދަށް ވެފައިވާ ކަމަށް އެމްއެމްއޭގެ ސާވޭއަކުން ދައްކައިފި އެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކަށް ސުވާލު ކަރުދާސް ފޮނުވައިގެން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ހެދި ކްއާޓަލީ ބިޒްނަސް ސާވޭ (ކިޔުބީއެސް) ދައްކާ ގޮތުން ބައިވެރިވި ގިނަ ވިޔަފާރިތަކުން ބުނެފައި ވަނީ މި ދާއިރާގެ ދުވެލި ހުރީ ވަރަށް ދަށްކޮށް ކަމަށެވެ. އަދި ކުރިއަރަމުންދަނީ ވެސް ވަރަށް ކުޑަ މިންވަރެއްގައި ކަމަށެވެ.  

އެ ސާވޭގައި ބައިވެރިވި ވިޔަފާރިތަކުގެ 60 ޕަސެންޓް މީހުން ބުނެފައި ވަނީ އިމާރާތް ކުރުމުގެ ސިނާއަތުގެ ހާލަތު ރަނގަޅު ނޫން ކަމަށާ އިމާރާތް ކުރުމުގެ ދާއިރާގެ ހަރަކާތްތެރިކަން ދަށަށް ސޮއްސާލާފައިވާ ކަމަށެވެ. 

ސާވޭން ފާހަގަވި ބައެއް ކަންކަން:

  •  އިމާރާތް ކުުރުމުގެ މަޝްރޫއުތައް ލިބުމުގައި އިތުރުވުމެއް ނާދޭ
  •  މުވައްޒަފުން ލިބުމުގައި ހުރި ދަތިތައް ހުރި ގޮތަށް ހުރީ
  •  މުދަލުގެ އަގު ބޮޑުތަން އިތުރުވެފައެއް ނުވޭ، ކުރިއާ ތަފާތެއް ނެތް
  •  ކުންފުނިތަކުގެ މާލީ ހާލަތު ވަނީ ގޯސްވެފައި

މަރުކަޒީ ބޭންކުގެ މި ސާވޭގައި ރާއްޖޭގެ އެންމެ ބޮޑު 197 ކުންފުންޏަކުން ބައިވެރިވެފައި ވެއެވެ. އެ ކުންފުނިތައް ހިމެނޭ ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމްގެ އިތުރު އިމާރާތް ކުރުމުގެ ދާއިރާއާއި ހޯލްސޭލް / ރިޓެއިލް އަދި ޓެލެކޮމިއުނިކޭޝަން ދާއިރާ ވެސް ހިމެނެ އެވެ. 

އެމްއެމްއޭގެ ސާވޭ އިން ކޮންސްޓްރަކްޝަން ސިނާއަތުގައި ހުރި މައްސަލަތައް ފާހަގަ ކުރިއިރު މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންޓްރަކްޝަން އިންޑަސްޓްރީ އިން ދާދި ފަހުން ވަނީ މަޝްރޫއު ހިންގައި ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކުންފުނިތަކުގެ މާލީހާލަތު ވަރަށް ގޯސްވެފައިވާ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.