ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކު އެވެ. މައްސަލަ ބަލަައިގަނެ ރައީސް ނަޝީދަށް ފޮނުވި ނޯޓިސްގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.
އެމްޑީޕީ އާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު މަޖިލީހުގެ ތެރޭގައި މިހާރު ހިނގާ ދެބަސްވުމުގެ ތެރެއަށް ރައްޔިތުން އިންތިހާބު ކޮށްފައި ހުންނެވި އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ރައްޔިތުން ނުވެއްދުމަށް ދަ ޑިމޮކްރެޓްސްގެ އެއް ލީޑަރު ހުސައިން އަމުރު ގޮވާލައްވައިފި އެވެ.
އަމްރު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ އޮތް އެމްޑީޕީއަށް މަޖިލީހުގައި ދިމާވެގެން އުޅޭ ދެބަަސްވުމެއްގެ ތެރެއިން، ރައްޔިތުން ވެރިކަމަށް ހޮވާފައި ހުންނެވި ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުން ހުއްޓު ވާނެ މެޖޯރިޓީން / އެމްޑީޕީން ބުނުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ.
"މަޖިލިހުގަ ދިމާވެގެން އުޅޭ ދެބަަސްވުމެއްގަ، ރައްޔިތުން ހޮވާފަ ހުރި މީހާ ރައީސްކަމުގެ ހުވާ ކުރުން ހުއްޓުވާނެ ކަމަށް މެންބަރުން ގިނަ ޕާޓީން [އެމްޑީޕީ] އިން ބުނުމާ [ރައީސް މުއިއްޒުގެ] ކެބިނެޓަށް ރުހުން ނުދޭނެ ކަމަށް ބުނުމަކީ ވަރަށް ނާތަހުޒީބު ކަމެއް." އަމްރު ވިދާޅުވި އެވެ.
ކުރީން އެމްޑީޕީގައި ވަރަށް އިސް ދައުރެއް 18 އަހަރު ދުވަހު އަދާ ކުރެއްވެވި އަމްރު އެކްސް މެދުވެރިކޮށް އިތުރަށް ވިދާޅުވީ މައްސަލަތައް ދިމާވުމުން ރައްޔިތުންގެ މަޖިލިހަކީ ދެބަސްވުމާއި މަޝްވަރާއިން ހައްލު ހޯދާތަނެއް ކަމަށެވެ.
"އެކަމުގެ ތެރެއަށް ހޮވާފައި ހުވާ ކުރަން ތައްޔާރުވެފައި ހުރި ރައީސްއާ ރައްޔިތުން ނުވައްދާ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހަކީ ދެބަސްވުމާ، މަޝްވަރާއާ ހައްލު ހޯދާތަން، އެކަމުގެ ތެރެއަށް ހޮވާފައި ހުވާކުރަން ތައްޔާރުވެފައި ހުންނެވި ރައީސްއާ ރައްޔިތުން ނުވައްދާ،
ހުސައިން އަމްރު | ޑިމޮކްރެޓްސް
އަމްރު މި މޭރުމުން ގޮވާލައްވައި ވާހަކަފުޅު ދެއްކެވި އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޑިމޮކްރެޓްސްގެ މުހައްމަދު ނަޝީދަށް އިތުބާރު ނެތް ކަމަށާ އެމަނިކުފާނުގެ އިތުބާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިންތިހާބީ ރައީސް / ރައީސް މުއިއްޒު، ވެރިކަމުގެ ހުވާ ކުރެއްވުމުގެ ދަރުބާރު ކުރިއަށް ގެންގޮސްފިނަމަ ރައީސް މުއިއްޒަކީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހުވާ ކުރައްވައިގެން ހުންނެވި ރައީސެއް ކަމުގައި އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕުން ނުބާލާން އެމްޑީޕީން ވަނީ ނިންމާފަ އެވެ.
ނަޝީދު އެ މަގާމުން ދުރުކުރަން އެމްޑީޕީގެ ޕީޖީއަށް ހުށައެޅި މައްސަލަ ފާސް ކުރަން ވޯޓް ދޭން ނިންމާ އެެ ޕާޓީން ތްރީލައިން ވިޕެއް ވެސް ވަނީ ނެރެފަ އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ އިތުބާރު ނެތި ގަދަބާރުން ރިޔާސަތު ގައި އިންނެވުމަށް ކުރައްވާ މަސައްކަތަށް ފުރުސަތެއް ނުދޭނެ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކު އެވެ. މައްސަލަ ބަލަައިގަނެ ރައީސް ނަޝީދަށް ފޮނުވި ނޯޓިސްގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 14 ދުވަހުގެ ނޯޓިސް ހަމަވެ އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއް ގައި އެ މައްސަލަ ކުރިއަށް ގެންދަން ޖެހެއެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މަޖިލީހުގައި އެންމެ ފުރަތަމަ ކުރާން ޖެހޭނީ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދިއުމެވެ. އަންނަ އާދީއްތަ ދުވަހު އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ އެވެ. އަދި އެ ޖަލްސާ ނުބާއްވާ ނަމަ އެހެން އެއްވެސް މަސައްކަތެއް ކުރަން އެމްޑީޕީން އެއްބާރުލުން ނުދޭނެ އެވެ. ރައީސް މުއިއްޒު ހުވާ ކުރެއްވުމަށް ބާއްވާ ދަރުބާރު / ޖަލްސާއަށް ވެސް އެއްބާރުލުމެއް ނުދޭނެ އެވެ. ގާނޫނީ އެ ޕްރޮސެސްއާ މެދު ސުވާލު އުފައްދާ ގަބޫލެއްވެސް ނުކުރާނެ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރުމުގެ ރަސްމިއްޔާތު ވެސް އެއީ މަޖިލީހުން ކުރަން ޖެހޭ ކަމެއް. އެފަދަ ޖަލްސާ އެއްގައި ވެސް އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން މި ވޯޓް ނުނަގާ ކުރިއަށް ގެންދެވިދާނެ ކަމަކަށް. އެެހެންވީމަ އަޅުގަނޑުމެންގެ އެއްވެސް އެއްބާރުލުމެއް މިއިން އެއްވެސް ކަމެއްގައި ނުބޭއްވުން އެއީ އަޅުގަނޑުމެންގެ ނިންމުމަކީ،"