ބިލެއްދޫގައި ހިންދޫ އަޅުކަމާ ހިނގި އިސް ތިން މީހުން ހައްޔަރުކޮށްފި

އެ ރަށުގައި ބިދޭސީންތަކެއް ނުކުމެ ފާޅުގައި ބާތިލު "ހިންދޫ ދީނަ" ށް އަޅުކަން ކުރާ މަންޒަރު ފެންނަ ފޮޓޯތައް މިހާރު ވެސް ދައުރު ވަމުން ދެއެވެ. އަދި މި މައްސަލާއާ ގުޅިގެން ރުޅި ގަދަވެފައިވާ މީހުން ތަނެއް ނުކުމެ ބިދޭސީ އެ މީހުން އުޅޭން ތަންތަން ބަލައި ފާސް ކުރާ ވީޑިއޯ ބުރިތަކެއް ވެސް ދައުރުވެ އެވެ.

ބިއްލެއްދޫގައި ހިންދޫ އަޅުކަމާ ހިނގި މީހުން

މެދު އަތޮޅުގެ ތެރެއިން ފ. އަތޮޅު ބިލެތްދޫގައި ބާތިލު "ހިންދޫ ދީނަ" ށް ނިސްބަތް ވެގެން އުޅޭ ބިދޭސީންތަކެއް ފާޅުގައި އެ މީހުންގެ އަގީދާ ކުރިޔަށް ނެރެ، އެ މީހުން ކަލާނގެ ކަމަށް ބަލައިގެން އުޅޭ ބުދަކަށް މިދިއަ ބުރާސްފަތި ދުވަހު އަޅުކަންކޮށް ރަށުތެރޭގައި ބުދު ހިފައިގެން ހިނގާ ގުރުބާން ކުރި މީހުންގެ ތެރެއިން އިސްވެ އުޅުނު ތިން މީހުން ހައްޔަރުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ހިންގި އެ ހާދިސާގެ ތިން ދުވަސް ފަހުން ފުލުހުން މިރޭ ބުނީ ބިލެއްދޫގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އަޅުކަން ކުރަން ބުދެއް ހަދައިގެން އުޅުނު މީހުންގެ މައުލޫމާތު ބުރާސްފަތި ދުވަހު ލިބުނު ކަމަށާއި އެ މައްސާލަގައި ކޯޓް އަމުރެއްގެ ދަށުން ތިން ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރީ އެއީ 27 އަހަރާއު 37 އހަރާއ 39 އަހަރުގެ މީހުނެވެ. އަދި އެމީހުންގެ ބަންދަށް މިހާރު ވަނީ ކޯޓުން ވަނީ 10 ދުވަސް ކޯޓުން ދީފަ އެވެ.

ބިލެތްދޫގައި ބާތިލު "ހިންދޫ ދީނަ" ށް ނިސްބަތް ވެގެން އުޅޭ ބިދޭސީންތަކެއް ފާޅުގައި އެ މީހުންގެ އަގީދާ ކުރިޔަށް ނެރެ، ބުދަށް އަޅުކަންކޮށް ރަށުތެރޭގައި ހިންގި މައްސަލާގައި ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެ މީހުން އުޅޭ ތަންތަން ބަލައި ފާސް ކޮށް ހެދި އެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ރަށުގެ ތެރޭގައި ބޮޑު ނުތަނަވަސް ކަމެއް އުފެދުނެވެ. އެ ރަށުގެ ވަރަށް ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް ނުކުމެ ހަރަކާތެއް އިއުލާންކުރި އެވެ.

ބިއްލެއްދޫގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ކަމަށް ވެއެވެ. ބިދޭސީންނާއެކު އެ ރަށުގެ އާބާދީ 1،500 އާ ކައިރި ކުރެ އެވެ.

އެ ރަށުގައި ބިދޭސީންތަކެއް ނުކުމެ ފާޅުގައި ބާތިލު "ހިންދޫ ދީނަ" ށް އަޅުކަން ކުރާ މަންޒަރު ފެންނަ ފޮޓޯތައް މިހާރު ވެސް ދައުރު ވަމުން ދެއެވެ. އަދި މި މައްސަލާއާ ގުޅިގެން ރުޅި ގަދަވެފައިވާ މީހުން ތަނެއް ނުކުމެ ބިދޭސީ އެ މީހުން އުޅޭން ތަންތަން ބަލައި ފާސް ކުރާ ވީޑިއޯ ބުރިތަކެއް ވެސް ދައުރުވެ އެވެ.

ބޭދީނީ ކަންކަން ރާއްޖޭގައި "ނޯމަލައިޒް" ކުރުން

ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ރާއްޖޭގައި އުޅޭ ބިދޭސީން އެ މީހުންގެ ދީންތަކުގެ އަޅުކަމާ ގުޅޭ ކަންޖަން ރާއްޖޭގައި ކުރަން އުޅޭ އުޅުމާއި އެފަދަ ސަގަފާތްތައް ރާއްޖޭގައި "ނޯމަލައިޒް" ކުރުމާއި މިފަދަ ކަންކަމާ ގުޅޭ ދީނީ އަރައިރުންތައް ރާއްޖޭގައި މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިހާރު ރާއްޖޭގައި ބޮޑުވެފައިވާ ލިވާތު -- ފިރިހެނުން ފިރިހެނުންނާ ޖިންސީ ގުޅުން ހިންގުމާއި، ޝިހާގު، އަންހެނުން އަންހެނުންނާ ގުޅުން ހިންގުމުގެ އަމަލާއި އޮރިޔާން ކާޑު އުފައްދާ މީހުންގެ އަމަލުތަކަކީ ނުރައްކާތެރި ބޮޑު ކުށެއް ނޫން ކަމަށް ބުނެ އެފަދަ މީހުން ދަނީ ނިޒާމްތެރެއިން ވީއްލައި ދެމުންނެވެ. ރާއްޖޭގައި އެ އަރައިރުންތައް މިހާރު ބޮޑެވެ.

ސައްތައިން ސައްތަ މުސްލިމް ރާއްޖޭގައި މިފަދަ ދީނާ ގުޅުން ހުރި މައްސަލަތަކުގައި ފުލުހުންގެ ފަރާތުން ފިޔަވަޅު އެޅުމާއި މައުލޫމާތު ދިނުން ލަސްކޮށް ތަފާތު ކުރާ ކަމުގެ ތުހުމަތުތައް ވަރަށް ބޮޑަށް އޮވެ އެވެ. ނަމަވެސް ސަރުކާރާއި ފުލުހުން އެކަންކަން ދޮގު ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.