ފެނަކައިގެ ދިފާއު: ހުރިހާ ތުހުމަތެއް ކުރީ ސަރުކާރަށް

އަދި އެ ބުނާ 20 މިލިއަން ރުފިޔާ ހިމެނެނީ އެދުވަހުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ހިންގާފައިވާ ހަތަރު މުއާމަލާތަކާ ގުޅިގެން ހޯދަން އަންގާފައިވާ ފައިސާ ކަމަށެވެ.

ފެނަކަ ކުންފުނީގެ އެމްޑީ ސައީދު : ކުންފުނީގެ ކޮރަޕްޝަން މައްސަލަތައް އިންތިހާއަށް ގިނަ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި ވަގުތު ވެސް ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުން ގެންދާ ކަމަށާއި އޭގެ ތެރޭގައި 20 މިލިއަން ރުފިޔާގެ ހިޔާނާތް ހިމެނޭ ކަމަށް ބުނުމުން، އެ ކުންފުނިން ދިފާއަށް ނުކުމެ އެކަން ކުރީ ސަރުކާރުގެ ބޮލުގައި އަޅުވައިފި އެވެ.

ސީސީން  އިއްޔެ ބުނި ގޮތުގައި ފެނަކަ ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ހިލާފުވުމުގެ މައްސަލަތަކާއި ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނެ އެވެ.

އޭސީސީން އެކަން ހާމަކުރުމާއެކު ފެނަކައިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ފާހަގަކޮށްފައި ވަނީ އޭސީސީން އެ ބުނާ މައްސަލަތަކަކީ 2012 ވަނަ އަހަރު ކުންފުނި ވުޖޫދުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަލަމުންދާ މައްސަލަތައް ކަމަށެވެ. އަދި އެ ބުނާ 20 މިލިއަން ރުފިޔާ ހިމެނެނީ އެދުވަހުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ހިންގާފައިވާ ހަތަރު މުއާމަލާތަކާ ގުޅިގެން ހޯދަން އަންގާފައިވާ ފައިސާ ކަމަށެވެ.

އެ ފައިސާތަކުގެ ތަފްސީލުތައް ވެސް އެ ކުންފުނިން ހާމަކޮށްފައިވެ އެވެ. އެގޮތުން އެއް މައްސަލައަކީ ސަދަން ޔޫޓިލިޓީ ލިމިޓެޑްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ކިޔަވަން ދިއުމަށް ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނާ އެއްލައްކަ ސާޅީސްހާސް ރުފިޔާ އެވެ.

ފެނަކައިން ބުނި ދެވަނަ މައްސަލައަކީ 2015 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ކުންފުންޏަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނި ކުރަންޖެހޭ ޖޫރިމަނާ ފައިސާ އުނިނުކޮށް އެފަރާތްތަށް ފައިސާ ދައްކާފައިވާތީ ކުންފުންޏަށް ލިބުނު ގެއްލުމަށްވާ އެއް މިލިއަން ރުފިޔާ އެވެ.

އަނެއް މައްސަލައެއް ކަމަށް ފެނަކައިން ބުނީ، 2016 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކާއެކު ހިންގި މުއާމަލާތެއްގައި ކުންފުނަޏަށް ލިބެންޖެހޭ 17 މިލިއަން ރުފިޔާގެ މައްސަލަ އެވެ. ހަތަރު ވަނަ މައްސަލައަކީ
2017 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ބިލްޑިން ސޮފްޓްވެއާ ހޯދުމަށް އަމިއްލަ ކުންފުންޏަކާއެކު ކޮށްފައިވާ މުއާމަލާތުގައި ކުންފުންޏަށް ގެއްލިފައިވާ 1.3 މިލިއަން ރުފިޔާގެ މައްސަލަ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ފެނަކައިން ފާހަގަކޮށްފައިވާ އަހަރުތަކަށް ބަލާއިރު މި ހުރިހާ ހިޔާނާތެއް ވެސް ހިންގާފައިވާ ކަމަށް ބުނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. 

އޭސީސީން އިއްޔެ ފެނަކައާ ގުޅޭ މައުލޫމާތުތައް ހާމަކޮށްފައި ވަނީ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް އެކުންފުންޏަށް ކުރެވެމުން ދަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް ވަރަށް ބޮޑަށް އެވާހަކަތަށް ދަނީ ދެކެވެމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.