ގޮޓަބަޔާ ސިޔާސީ ތަޖުރިބާ ލަންކާއަށް މުހިންމު: އަނޫރާދަ

ޕާލަމަންޓްގައި ހިމެނޭ މިނިވަން މެންބަރުން އަލަށް އުފެއްދި ކޯލިޝަނެއް ކަމަށްވާ "އުތަރާ ލަންކާ ސަބާ" އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ގޮޓާބަޔާ ސިޔާސީ ދާއިރާއަށް އެނބުރި ވަޑައިގަތުމަށް އެދިވަޑައިގަންނަވާތޯ ނޫސްވެރިން ވަނީ ޖަޔަރަތުނޭ އާ ސުވާލު ކުރައްވާފަ އެވެ.

ގޮޓާބަޔާ އާއި އަނބިކަނބަލުން

ފިއްލަވައިގެން ގައުމު ދޫކުރައްވައި އުޅުއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާ ދެން ސިޔާސީ ކަންކަމުގައި ބައިވެރިވެ ވަޑައިގެން ސިޔާސީ ހަރަކާތް ހިންގަވާނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށާއި އެހެން ނަމަވެސް ސިޔާސީ އާ ޖީލުތަކަށް ސިޔާސީ ތަޖުރިބާ ހިއްސާ ކުރެއްވުމުގައި ދެމި ހުންނަވައިފާނެ ކަމަށް ސްރީލަންކާ ޕޮޑުޖަނަ ޕެރަމޫނާ (އެސްއެލްޕީޕީ) ގެ ޕާލަމަންޓް މެމްބަރު އަނޫރާދާ ޖަޔަރަތުނޭ ވިދާޅު ވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ ސިޔާސީ ތަޖުރިބާތައް ހިއްސާ ކުރެއްވޭނެ ގޮތަށް އަންނަން އޮތް ޖީލާ ގުޅިގެން މަސައްކަތް ކުރެއްވުމަކީ އަދި އެކަން އެހެން ހަމަޖެހިފައި އޮތުމަކީ ސްރީލަންކާއަށް ވަރަށް މުހިންމު ކަމެކެވެ.

ޕާލަމަންޓްގައި ހިމެނޭ މިނިވަން މެންބަރުން އުފެއްދި އާ ކޯލިޝަނެއް ކަމަށްވާ "އުތަރާ ލަންކާ ސަބާ" އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ގޮޓާބަޔާ ސިޔާސީ ދާއިރާއަށް އެނބުރި ވަޑައިގަތުމަށް އެދިވަޑައިގަންނަވާތޯ ނޫސްވެރިން ވަނީ ޖަޔަރަތުނޭ އާ ސުވާލު ކުރައްވާފަ އެވެ.

ޖަޔަރަތުނޭ ވިދާޅުވީ ކުރީގެ ރައީސް ހީވާގި ކަމާއެކު ސިޔާސީ ކަންކަމުގައި ބައިވެރިވެ ވަޑައިގެން އުޅުއްވުމާ ބެހޭ ގޮތުން ނިންމަވާފައިވާ ގޮތެއް އެއްވެސް މީހަކަށް އަންގާފައި ނުވާ ކަމަށެވެ. އަދި ކުރީގެ ރައީސް ގޮޓަބަޔާ މިވަގުތު އަލުން ސިޔާސީ ދާއިރާއަށް ވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ވެސް ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް ރާޖަޕަކްސައަކީ ރިޔާސީ ދައުރު ފުރިހަމަ ނުކުރެއްވުނު ބޭފުޅަކަށް ވެވަޑައިގެންނެވި ނަމަވެސް އެ މަނިކުފާނަކީ ލަންކާގެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް ރައީސް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އެ މަނިކުފާނު އަންނަން އޮތް ޖީލާއި ގުޅުވާލައި ދޭން. އެ މަނިކުފާނުގެ ސިޔާސީ ތަޖުރިބާތައް އެމީހުންނާ ހިއްސާކުރެވެން ޖެހޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއީ ވާނެ ވެސް ގޮތް،" ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.