ޖާވާކަރަ | ޅަވިޔަންޏަށް ދެ ރަށުގެ އާ ރިސޯޓެއް

ޅަވިޔަނީގައި ހިދުމަތަށް ގެނައި ޖަވާކަރާ އައިލެންޑަކީ ޗަމްޕާ ކުންފުނީގެ 11 ވަނަ ރިސޯޓެވެ. މި ރިސޯޓް ހަދާފައިވަނީ ދެ ރަށް ބްރިޖަކުން ގުޅާލައިގެންނެވެ. މި ރިސޯޓް ރަށް އަދި ރަސްމީކޮށް ހުޅުވާނެ އެވެ.

ޖާވާކަރާ އައިލެންޑަށް ދާން ބޭނުން ކުރާ ސީޕްލޭން -- ޖާވާކަރާ

ޅަވިޔަނީގެ ޓޫރިޒަމްގައި އެންމެ ގަދަ ނަމަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރް) އެވެ. އެ އަތޮޅުގެ ހުރިހާ ޓޫރިސްޓު ރަށެއްހެން ހިންގަނީ އެ ކުންފުނިންނެވެ. މި ރިސޯޓްތަކުގެ ބޮޅަށް މިފަހަރު އިތުރުވީ އަލަށް ހިއްކައިގެން ހެދި ޖަވާކަރަ އައިލެންޑެވެ. 

މަޝްހޫރު ވިޔަފާރި އާއިލާ ޗަމްޕާ ބްރަދާސް އިން ތަރައްގީ ކުރި މަތީފަންތީގެ މި ރިސޯޓް، ޖާވާކަރަ، އެ ކުންފުނިން ބްރޭންޑް ކޮށްފައިވަނީ ދެ ރަށުގައި ހިންގާ އެއް ރިސޯޓުގެ ގޮތުގަ އެވެ. 

ޖާވާކަރައިގެ ހާއްސަ ކަމަކީ - ޖާވާކަރަ އައިލެންޑު ހުކުރު ދުވަހު ހުޅުވިއިރު، އެ ރަސްމިއްޔާތުގައި ސަރުކާރުގެ ވެރިން ބައިވެ ވަޑައިގަތެވެ. ސޮފްޓް އޯޕެނިންގެ ގޮތުގައި ހިދުމަތަށް ހުޅުވި އިރު މި ރިސޯޓަކީ މަލްޓިޖެނެރޭޝަނަލް ދަތުރުވެރިންނަށް ހާއްސަ ރިސޯޓެކެވެ.

މިއީ އެޑްވެންޗަރަސް ޓޫރިސްޓުންނަށް ހާއްސަ ގިނަ ހިދުމަތްތަކެއް ވެސް ހިމެނޭހެން ތަރައްގީ ކޮށްފައިވާ ރަށެވެ. މި ރިސޯޓަކީ ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް، ހުރަވަޅި މޯލްޑިވްސް، އަދި ކަގީ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ހިމެނޭ ޗަމްޕާގެ ލަގްޒަރީ ރިސޯޓް ކަލެކްޝަނަށް އިތުރުވި އާ މެންބަރެވެ. 

މި ރަށުގައި ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު ތީމް ކަމަށްވާ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓުގެ 290 ވިލާ ހުންނާނެ އެވެ. ރިސޯޓަށް ދާ ޓޫރިސްޓުންނަށް ލިބޭނެ އަނެއް އެކްސްޕީރިއަންސްއަކީ ޗަމްޕާ ކުންފުނިން ޅ. މަޑިވަރުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަށް ވީއައިއޭއިން ސީޕްލޭން އެކްސްޕީރިއަންސްއަކާއެކު ދެވޭނެ މަގު އޮތުމެވެ. މި ދަތުރުގެ ދިގު މިނަކީ ގާތްގަނޑަކަށް 35 މިނެޓެވެ.

ޖަވާކަރަ އައިލެންޑުގެ ހުރިހާ ތަޖުރިބާތަކެއް ވެސް ފަރުމާ ކޮށްފައި ވަނީ އާއިލާއާ ރައްޓެހިން އެއްކޮށް ގޮސް ހިތްފަސޭހަ އުފާވެރި މަޖާ ތަޖުރިބާއެއް ކޮށްލެވޭނެ ގޮތަށެވެ. މި ރިސޯޓުގައި މޫދު ކުޅިވަރުތައް ލިބެން ހުރެ އެވެ. އަދި ދެ އިންފިނިޓީ ޕޫލްއާއެކު ދެ ރެސްޓޯރެންޓް ހުރެ އެވެ. 

ޖާވާކަރާ އައިލެންޑުގެ ރެސްޓޯރެންތެއް

މި ރިސޯޓް ރަށް ފަރުމާ ކޮށްފައި ވަނީ 700 މީޓަރުގެ ބްރިޖަކުން ރިސޯޓުގެ ކައިރީގައި ހަދާފައިވާ ކުޑަ ދެ ރަށް ކަމަށްވާ "މާބިން" އަދި "ދެރުއް" ގުޅާލާ ގޮތަށެވެ. މި ރަށުގައި ގޮލްފް ކުޅޭނެ ސަރަހައްދެއް ވެސް ހަދާފައިވެ އެވެ. މީގެ އިތުރުން ސްޕާ އާއި ރެސްޓޯރެންޓްތަކާއި އެ ނޫން ވެސް ގިނަ ވަސީލަތްތަކެއް ހުރެ އެވެ. 

ޖަވާކަރާ އައިލެންޑްގެ ހިދުމަތްތައް

  •  290 ކޮޓަރި، ގިނަ ވިލާތަކެއް
  •  މިއީ ފެމެލީ ރިސޯޓެއް
  •  މައި ރަށާ 700 މީޓަރުގެ ބްރިޖަކުން ގުޅާލާފައި
ސީސީއާރަށް ބަލައިލުމެއް - ރާއްޖޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ކުންފުނި ކަމަށްވާ ކްރައުން އެންޑް ޗަމްޕާ (ސީސީއާރު) އިން ރާއްޖޭގައި 10 ރިސޯޓެއް ހިންގަމުން ގެންދެ އެވެ. މި ކުންފުނިން ޅ. އަތޮޅުގައި ގިނަ ރިސޯޓުތަކެއް ހިންގަ އެވެ. އަދި ޅ. މަޑިވަރު އެއާޕޯޓް ތަރައްގީ ކުރީވެސް އެ ކުންފުނިންނެވެ.

ކޮމެންޓް

1
450
ތޫލީ
10 months ago

މަ ގެންދެބަ މިތަނަށް އަޅެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.