ނަޝީދަށް ހަމަލާ ދިިން މައްސަލައިގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ މޭ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ. މި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށާއި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް އެ މައްސަލައިގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި އިނގިރޭސި ވިލާތުގެ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.
މި މައްސަލައާ ގުޅިގެން އައްބާސް ހެއްދެވި ހާއްސަ ރިސާޗް ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ޝަރީއަތް ލަސްވާތީ ކްރިމިނަލް ކޯޓުގެ ރަޖިސްޓަރާއާ ކަންބޮޑުވުން ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޝަރީއަތް ލަސްވާ މައިގަނޑު ސަބަބެއް ކަމުގައި ކޯޓުން ބުނެފައި ވަނީ ތަނުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ނުހިންގޭ ކަމެވެ. އެކަމަކު އެއީ ގަބޫލު ކުރެވޭ ސަބަބެއް ނޫން ކަމަށް ފާހަގަކުރެއްވި އެވެ.
މޭ 6، 2021 ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިނަ ހަމަލާގެ ޝަރީއަތް ލަސްވާތީ އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށާއި އުއްތަމަ ފަނޑިޔާރަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ޖޭއެސްސީއަށް ލިބޭ ގާނޫނީ ބާރުގެ ތެރެއިން މައްސަލަ އަވަސް ކޮށްދިނުމަށް އެ ކޮމިޝަނަށް ދަންނަވާފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ހުށަހެޅުމަކީ ކްރިމިނަލް ކޯޓުގައި ހުރި ވަސީލަތްތަކާއެކު ތަން މެނޭޖްކޮށް މޮނީޓާ ކުރާނެ ގޮތުގެ ފަންނީ ލަފާ ޖޭއެސްސީން [ކޯޓަށް] ދިނުން، މިކަމުގެ ސަބަބުން އިންސާފު ލިބުމުގައި ލަސްނުވެ ކުރިއަށް ދާނެ ގޮތެއް ހަދައިދިނުން. އިންސާފު ލިބުން ލަސްވުމަކީ ވަރަށް ސީރިއަސް މައްސަލައެއް،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ މި މައްސަލައިގެ ތެރެއިން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތްޕުޅުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ރިއާޔަތް ކުރާއިރު ވެސް މައްސަލަ އަވަސް ކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
މި މައްސަލަ ކުރިއަށްދިއުން ލަސްވުމަކީ މުޅި ގައުމަށް ވެސް ހުރި ކަންބޮޑުވުމެއް ކަމުގައި އައްބާސް ފާހަގަކުރެއްވި އެވެ.
ނަޝީދަށް ހަމަލާ ދިިން މައްސަލައިގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ މޭ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ. މި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.
އެއީ؛ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދާއި، މއ. ފޭރުގެ މުޖާޒް އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.
ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހަމަލާ ދިން މައްސަލަ އަކީ ޕަބްލިކް އިންޓްރެސްޓް ވަރަށް ބޮޑު މައްސަލައެކެވެ. އެމަނިކުފާނަށް އިންސާފު ނުލިބި ލަސްވާތީ އެތައް ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
"ޝަރީއަތް ލަސްވާ މައިގަނޑު ސަބަބެއް ކަމުގައި ކޯޓުން ބުނެފައި ވަނީ ތަނުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ނުހިންގޭ ކަމެވެ" އަޖައިބު އަންތަރީސްވޭ، ޖަގަ ނެތި އޮއްވާ އެހެން މައްސަލަތައް ވެސް އެބަލަނީ