ސޭޓް ކަރުގައި ވަޅި އެޅި އަންހެންމީހާގެ ބަންދު އިތުރުކޮށްފި

އެ މީހާ އެ ހަމަލާ ދިން ދުވަހު އެ ފިހާރައަށް ވަނތް ގޮތަށް ހޯދަމުން ދިޔައީ އޭނާ ގަންނަން ބޭނުންވާ ކަމަށް ބުނާ ފޯނެއްގެ މައުލޫމާތެވެ.

މާލޭގެ ފޯނު ވިއްކާ ފިހާރައެއް ކަމަށްވާ "ޑްރީމް މޮބައިލް ޕްލަސް" އަށް ވަދެ، އެ ފިހާރައިގެ ސޭޓަށް ވަޅިއަކުން ހަމަލާދީ ޒަހަމް ކޮށްލުމަށްފަހު ނުކުމެގެން ގޮސް އުޅެނިކޮށް ހައްޔަރު ކުރި މީހާގެ ބަންދު މުއްދަތަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރު ކޮށްދީފި އެވެ.  

ވަޅި އަޅައި ބިދޭސީ ސޭޓް ޒަހަމް ކޮށްލައިގެން ހައްޔަރު ކޮށްފައި ހުރީ ތ. ތިމަރަފުށީ، ސަލްވާ / ފާމަތު ޝަހުދާ 29، އެވެ. އޭނާގެ ބަންދު މުއްދަތު އިތުރު 15 ދުވަހަށް ދަމާލައި ދިނީ އިއްޔެ އެވެ. ކުރީން ވެސް އޭނާގެ ބަންދު މުއްދަތަށް ދިނީ 15 ދުވަހެވެ.

އެ މީހާ އެ ހަމަލާ ދިން ދުވަހު އެ ފިހާރައަށް ވަނތް ގޮތަށް ހޯދަމުން ދިޔައީ އޭނާ ގަންނަން ބޭނުންވާ ކަމަށް ބުނާ ފޯނެއްގެ މައުލޫމާތެވެ. އެ މައުލޫމާތު ސާފު ކުރުމަށް ފަހު އިރުކޮޅަކުން ވަޅިއެއް ނަގައި ކުއްލި ހަރަކާތަކުން ސޭޓަށް ހަމަލާ ދީފައި ނުކުމެގެން ދިޔައީ އެވެ.   

އެ އަންހެން މީހާއަކީ ކުރިން ވެސް އެފަދަ ކުށުގެ ރިކޯޑެއް އޮތް މީހެކެވެ.  

ކޮމެންޓް

2
450
ފަވާ
10 months ago

ދެން ސާބިތު ވާނީ މީނާ އަކީ މެންޓަލް ހެލްތު އެހާރަނަގަޅު ނޫންމީހެކެ އިނޮސެންޓް އޭކިޔާފަ.

ޒުއްބަ
10 months ago

މަރުގެ އެތިފަހަރެއް މިއީ ދެން އެގޮތަށް އެކަނ ނުވިޔަސް . އެޓެމްޓް މާރޑަރ ޗާރޖެސް އަންނަންޖެހޭނެ. ކޮންމެ ކަމެއް ވެސް ވެ ނިމުނީމަ އެއް ނޫން ފިޔަވަޅު އަޅަންޖެހެނީއެއް. އޭނަ މަރުވިނަމަޔޯ. މިކަހަލަ މީހުން މުުޖުތަމައަށް ދޫކޮއްފަ ބަހައްޓަން ހެޔޮނުވާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.