އައްޑޫ ހިތަދޫ ބަނދަރު މަސައްކަތުގެ އަޕްޑޭޓް ދީފި

މަސައްކަތް ކުރާ އެމްޓީސީސީން ބުނި ގޮތުގައި އައްޑޫ ސިޓީގެ ހިތަދޫގައި ހިނގާ މި މަޝްރޫއުގެ ދަށުން، 5.88 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކާނެ އެވެ.

އައްޑޫ ހިތަދޫގެ ބަނދަރުގެ މަސައްކަތް ކުރަނީ: ބަނދަރުގައި ގިނަ ބައިތަކެއް ހިމަނާފައިވޭ

ސ. ހިތަދޫގެ ކުރީގެ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމެންޓެއް މަސައްކަތް ހިނގާ ސައިޓަށް ޖަމާ ކޮށްފި އެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނި ގޮތުގައި އައްޑޫ ސިޓީގެ ހިތަދޫގައި ހިނގާ މި މަޝްރޫއުގެ ދަށުން، 5.88 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކާނެ އެވެ. އަދި 419 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއެކު 270 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖަހައި 728 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ އެވެ.

މީގެ އިތުރުން އެ ރަށުގެ ބަނދަރު ސަރަހައްދުން 5455 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ސޮކޯ އޭޕްރަނެއް ހެދުމާއި، 12 މީޓަރު ދިގު 12 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 10 މީޓަރު ދިގު 96 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މި މަޝްރޫއަކީ 130.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

ކޮމެންޓް

1
450
ބޭނޑި އަލީ
10 months ago

އަވަހަށް ނިންމައިދީ. އުއްމީދަކީ ނިމެމުންދާ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް މި އަންނަ ސަރުކާރުގައި އަވަހަށް ނިންމައިދިނުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.