ނަޝީދަށް ދިން ހަމަލާގެ ފުލް ރިޕޯޓް ނުދޭން ނިންމައިފި

ސިއްރުކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ނިންމާފައި ވަނީ ރިޕޯޓުގައި ސިއްރުކޮށްފައިވާ މައުލޫމާތުތައް އެގޮތުގެ މަތިން ބޭއްވުމަށާއި ފުރިހަމަ ރިޕޯޓް އާންމު ނުކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއް ހިނގަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށްގެން ދިން ބޮމުގެ ހަމަލާގެ ފުރިހަމަ އިންކުއަރީ ރިޕޯޓު ހޯދަން މަޖިލީހުގައި އާންމުންގެ މީހަކު އެދުނު ނަމަވެސް އެ ރިޕޯޓް ނުދޭން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

މޭ 6، 2021 ގައި ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީން އެކުލަވައިލި ރިޕޯޓު އާންމު ކޮށްފައި ވަނީ ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތައް ސިއްރު ކުރުމަށްފަހުގަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި އިންކުއަރީ ރިޕޯޓްގެ ފުރިހަމަ ރިޕޯޓް ހޯދަން އާންމުންގެ މީހަކު މަޖިލީހުގައި އެދިފައި ވާތީ އެކަމާ ގުޅިގެން 241 ކޮމެޓީގައި މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ. 

ސިއްރުކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ނިންމާފައި ވަނީ ރިޕޯޓުގައި ސިއްރުކޮށްފައިވާ މައުލޫމާތުތައް އެގޮތުގެ މަތިން ބޭއްވުމަށާއި ފުރިހަމަ ރިޕޯޓް އާންމު ނުކުރުމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމެޓީން ވަނީ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަކާ ބައްދަލުކޮށް އިންކުއަރީއެއް ހިންގާފަ އެވެ. ރިޕޯޓުގައި ބައެއް ކަންކަން ސިއްރުކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތުތައް ހުރުމުން ކަމަށް ކުރިން ކޮމެޓީން ބުނެފައިވެ އެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ޖުމްލަ އަށް މީހަކަށް ދައުވާ އުފުލާފައި ވެއެވެ. އޭގެ ތެރެއިން އަމަލީ ގޮތުން އުޅުނު ހަތް މީހުންގެ ޝަރީއަތް ހިންގަނީ އެކުއެކީގަ އެވެ. ބޮން ގޮއްވާލި އަދުހަމް އަހުމަދު ކުށަށް އިއުތިރާފް ވެފައިވާތީ އޭނާ ވަނީ 23 އަހަރަށް ޖަލަށްލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.