"އެމްޑީޕީއަށް ވެރިކަން ގެއްލުނީ ޕްރޮޖެކްޓް ނުހިންގާތީއެއް ނޫން، އިހުލާސްތެރި ނުވުމުން"

"ހަގީގަތުގަ ވެރިކަން ގެއްލުނީ އިތުރު ސަބަބަކާ ނޫން، ހަމަ ސީދާ މިކަމާ ގުޅިގެން، މިކަން އިސްލާހު ކުރުމަށް، ވީ ވައުދުތައް ހަނދާން ނައްތާލާ އަމިއްލަ އެދުން މާ ބޮޑަށް އިސްކުރީމަ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް: ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވޭ

ނިމިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުވީ ވޭތުވެދިޔަ ފަސް އަހަރު ރައްޔިތުންނަށް އިހުލާސްތެރި ނުވުމުން ކަމަށް އެ ޕާޓީން ދާދި ފަހުން ވަކިވެ ވަޑައިގެންނެވި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދަނީ ސަަރުކާރުތަކުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓާލަން ގޮވާލައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަަހެޅުއްވި ގަރާރެއްގެ ބަހުސެވެ. 

އެ ގަރާރަށް ބަހުސް ކުރައްވަމުން ސިރާޖު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނީ ވަރަށް ގިނަ ކަންކަން ބަދަލު ކުރާނެ ކަމަށް ދެއްކި ވާހަކަތަކަށް ރައްޔިތުން ކުރި އިތުބާރާއެކު ކަމަށެވެ. އޭގެ ތެރޭގައި މުވައްސަސާތައް ރިފޯމް ކުރުމާއި، ޖުޑިޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުމާއި، ފަނޑިޔާރުންނަށް އޮތް ނުފޫޒު ނައްތާލުން ފަދަ ކަންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މޫސާ ސިރާޖް ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ 65 ގޮނޑި ކާމިޔާބު ކޮށްދީ ސުޕަ މެޖޯރިޓީއެއް ރައްޔިތުން ހޯދައި ދިނީ އެ އުންމީދުގައި ކަމަށެވެ.

"އެމްޑީޕީއަށް ވެރިކަން ގެއްލިގެން މި ދިޔައީ ރަށްރަށުގަ ޕްރޮޖެކްޓްތައް ނުހިންގާތީއެއް ނޫން. ސަރުން ޕްރޮޖެކްޓް ހިންގާ، އެހެން ނަމަވެސް ހަގީގަތުގަ ރައްޔިތުން މި ބޭނުން ވަނީ އިހުލާސްތެރި ކަމާއެކީގަ އެވާ ވައުދުތައް ފުއްދައި ދޭނެ ވެރިން ހޯދަން،" މިހާރު ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ މޫސާ ސިރާޖް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަން ލިބުމާއެކު ސަރުކާރުންނާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ވެސް ބެލީ އެމީހަކަށް ލިބެން އޮތް އެއްޗެއް ހޯދަން ކަމަށެވެ. އިސްލާހީ ބަދަލުތަކެއް ގެނެސް ދޭނެ ކަމަށް ބުނެ ވެރިކަމަށް އައިސް އެކަން މުޅިން ހަނދާން ނައްތާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ނަމަވެސް މިއަދު ވެރިކަން ގެއްލުމުން އެމްޑީޕީ މެމްބަރުން މިތާނގައި މި އިސްލާހުތައް ގެންނަން ޖެހޭ ވާހަކަ މިހާރު ދެއްކީމަ އެ ވާހަކަ ތަންކޮޅެއް ބޮޑަށް ލަސްވެއްޖެހެން ހީވޭ... އެ އިހުލާސްތެރިކަން ހުރިނަމަ ވެރިކަން ނުގެއްލޭނެ،" ބައެއް އެމްޑީޕީ މެމްބަރުންނަށް ރައްދު ދެއްވަމުން ސިރާޖު ވިދާޅުވި އެވެ.

އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ވެސް ކޮށް ދެއްވެވި ސިރާޖު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ވެރިކަން ގެއްލުނީ އިންސްޓްޓިޓިއުޝަނަލް ރިފޯމް މަތިން އެއްކޮށް ހަނދާން ނައްތާލުމުން ކަމަށެވެ. ގާނޫނުތަކުން އުފެދިފައިވާ މިނިވަން މުވައްސަސާތައް މިނިވަން ނުވުމުގެ ސަބަބުން ކަމަށެވެ.

"ހަގީގަތުގަ ވެރިކަން ގެއްލުނީ އިތުރު ސަބަބަކާ ހެދިއެއް ނޫން، ހަމަ ސީދާ މިކަމާ ގުޅިގެން، މިކަން އިސްލާހު ކުރުމަށް، ވީ ވައުދުތައް ހަނދާން ނައްތާލާ އަމިއްލަ އެދުން މާ ބޮޑަށް އިސް ކުރުމުން" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

1
450
ފޮނަދޫ މީހާ
10 months ago

އިހުލާސްތެރި ނޫން ކަމުގެ މިސާލެއްތީ، ސިރާޖް ހޮވީ އެމްޑީޕީ އަށް އިހްލާސްތެރިވާނެ ކަމަށް. އެކަމް އެންމެ ފަހުވަގުތު ދޯނި ފެތެން ދޫކޮށްލާފަ އަވަހަށް ހިކިފަސްތާކަށް ތި އެރީ. އިހްލާސްތެރިކަމެއްނެތް މީހުން ތިވާހަކަ ނުދައްކާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.