މިދިޔަ މަހު އެކަނި ވެސް ވަރީގެ 119 މައްސަލަ އެ ކޯޓަށް ހުށައަޅާފައިވެއެވެ. ކުރީ މަހު ހުށައެޅި 185 މައްސަލައާ އެކު މިހާތަނަށް ނުނިމި ވަރީގެ 181 މައްސަލަ ކޯޓްގައިވާ ކަމަށް ވެސް ނަންބަރު ތަކުން ދައްކައެވެ.
މިދިޔަ ސެޕްޓެންބަރު މަހު 131 ކައިވެނި ކޮށްދިން އިރު ވަރީގެ 97 މައްސަލައެއް ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
އެ ކޯޓުން މިއަދު ވަނީ މިދިޔަަ މަހު އެ ކޯޓްގެ މަސައްކަތްތަކުގެ ތަފާސް ހިސާބު ނެރެފައެވެ. ކޯޓުން ބުނި ގޮތުގައި މިދިޔަ މަހުގެ 131 ކައިވެންޏެއް އެ ކޯޓުން ކޮށްދިނެވެ. އަދި ވަރީގެ 97 މައްސަލަ އެއް ވެސް ވަނީ ބަލާފައެވެ.
މިދިޔަ މަހު އެކަނި ވެސް ވަރީގެ 119 މައްސަލަ އެ ކޯޓަށް ހުށައަޅާފައިވެއެވެ. ކުރީ މަހު ހުށައެޅި 185 މައްސަލައާ އެކު މިހާތަނަށް ނުނިމި ވަރީގެ 181 މައްސަލަ ކޯޓްގައިވާ ކަމަށް ވެސް ނަންބަރު ތަކުން ދައްކައެވެ.
ވަރިއާމެދު ޝައްކުވުމުގެ ދެ މައްސަލައަކާއި ވަރި ސާބިތު ކުރުމަށް ވެސް 37 މައްސަލަ އެއް ސެޕްޓެންބަރު ގައި ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން 34 މައްސަލަ އެއް ނުނިމި ވެ އެވެ. ވަރިވުމަށް އެދި 51 މައްސަލަ އަކާއި ވަރި ކުރުމަށް އެދި 29 މައްސަލަ ހުށައަޅާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ސާބަހޭ ދިވެހި ގައުމު