ޔޫސުއްބެ ހޯދަން 376،850 އަކަމީޓަރުގެ ސަރަހައްދެއް ބަލައިފި

ކުޑަ ދޯންޏެއްގައި ޔޫސުއްބެ މަހަށް ނުކުތީ މިމަހުގެ 14 ވަނަ ދުވަހުގެ ފަތިހު އެވެ. އުމުރުން 68 އަހަރުގެ ޔޫސުއްބެ މަހަށް ނުކުތީ އެއަތޮޅު އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ.

އދ. ދަނގެތި، ނޫލައިޓް ޔޫސުފް އިބްރާހިމް (ޔޫސުއްބެ) --

އެކަނި ވަދު ދަމަން ނުކުމެ އުޅެނިކޮށް ގެއްލުނު އދ. ދަނގެތި، ނޫލައިޓް / ޔޫސުފް އިބްރާހިމް (ޔޫސުއްބެ) ހޯދަން ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ކުޑަ ދޯންޏެއްގައި ޔޫސުއްބެ ވަދު މަސްވެރި ކަމަށް ނުކުތީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އުމުރުން 68 އަހަރުގެ ޔޫސުއްބެ މަހަށް ނުކުތީ އެ އަތޮޅު އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އެ ކުޑަ ދޯނި އދ. ރަންގަލި އުތުރު ކަނޑުއޮޅިން ދަނިކޮށް އެންމެ ފަހުން ފެނުނީ އެ ދުވަހުގެ 9:00 އާއި 9:30 އާ ދެމުދު ވަގުތެއްގަ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ޔޫސުއްބެ ހޯދަން ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުން ކޮށްގެން މިހާތަނަށް 664 އަކަ މޭލު ސަރަހައްދު ބަލާފައިވާ ކަމަށެވެ. ކޯސްޓްގާޑު ޑައިވަރުން 376،850 އަކަ ނޯޓިކަލް މޭލު ކަވަރުކޮށްފައިވާއިރު ޑޯނިއާ އެއާކްރާފްޓުން 907 އަކަ މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެ ރަށު ރައްޔިތުން ވަނީ ތިން ދުވަސް ވުމުން ޔޫސުއްބެ ހޯދުން ހުއްޓާލާފަ އެވެ. އޭގެ ފަހުން ވެސް އެމްއެންޑީއެފް އިން އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވެއެވެ. އެމްއެންޑީއެފް އިން ވެސް އާންމުގޮތެއްގައި 72 ގަޑިއިރުވުމުން މިފަދަ އޮޕަރޭޝަންތައް ހުއްޓާލަ އެވެ.

އެމްއެންޑީއެފް އިން ސާޗް އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދޭތޯ ސުވާލު ކުރި ނަމަވެސް މިހާތަނަށް ވަކި ޖަވާބެއް ލިބިފައެއް ނުވެ އެވެ.

ޔޫސުއްބެ އެންމެ ފަހުން ފެނުނުއިރު އުޅުނީ ބޮއި އަޅާށެވެ. ނަމަވެސް އޭގެ ދެ ގަޑިއެއްހާއިރު ފަހުން ޔޫސުބެ ދަތުރުކުރި ދޯނި ފެނުނުއިރު އޭނާއެއް ނެތެވެ. ޔޫސުއްބެ އެންމެ ފަހުން ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.