ހުއްޓާލުމެއް، ފަހަތަށް ޖެހުމެއްވެސް ނެތް: ނަތަންޔާހޫ

ފަލަސްތީނާއި އިޒްރޭލާ ދެމެދު ފެށި ހަނގުރާމައިގައި ފަލަސްތީނުން މިހާތަނަށް 4،137 މީހަކު މަރާލާފައި ވާއިރު 13،260 މީހުން ޒަޚަމް ކޮށްލާފައި ވެއެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ

ފަލަސްތީނާއި ފަލަސްތީނުގެ ހަމާސް ދެކޮޅަށް އިޒްރޭލުން ފަށައިގެން އުޅޭ ޖަރީމާތަކުގެ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމެއް ވެސް ފަހަތަށް ޖެހުމެއް ވެސް ނެތް ކަމަށާއި ބޭނުންވާ ކާމިޔާބު ހޯދެން ދެން ހަނގުރާމައިގެ މައިދާނުގައި ތިބޭނެ ކަމަށް ޔަހޫދީ ދައުލަތް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. 

ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ ހައްޔަރު ކޮށްފައިވާ އެމެރިކާގެ ބަޔަކު ދޫކޮށްލި ނަމަވެސް ގާޒާއަށް ދޭ ހަމަލާތައް އެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ. ހަނގުރާމަ މަޑުޖައްސާ ނުލާނެ ކަމަށެވެ. 

ނަތަންޔާހޫ ވިދާޅުވީ މިއީ ހަމާސް އިން ރަހީނު ކުރި މީނުނާއި ހަމަލާތަކުގެ ތެރެއިން ގެއްލުނު އެންމެން ހޯދަން ކުރާ ހަނގުރާމައެއް ކަމަށާއި ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ.  

ފަލަސްތީނުގެ ހަމާސް އިން ވަނީ އިޒްރޭލުގެ 200 އަށްވުރެ ގިނަ މީހުން ރަހީނުންގެ ގޮތުގައި ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ. އެންމެ ފަހުން ދޫކޮށްލާފައި ވަނީ އެމެރިކާގެ ދެ މީހެކެވެ. އެމެރިކާގެ ދެ މީހުން ދޫކޮށްލީ އިންސާނިއްޔަތަށްޓަކައި ކަމަށް ވެސް ހަމާސް ބުނެފައި ވެއެވެ. 

ފަލަސްތީނާއި އިޒްރޭލާ ދެމެދު ފެށި ހަނގުރާމައިގައި ފަލަސްތީނުން މިހާތަނަށް 4،137 މީހަކު މަރާލާފައި ވާއިރު 13،260 މީހުން ޒަހަމް ކޮށްލާފައި ވެއެވެ. އިޒްރޭލުން ވެސް ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.