އިޒްރޭލް ބޮއިކޮޓް ކުރުމަށް ގޮވާލާ އެތައް ހާސް ދިވެހީން މަގުތަކަށް

މިރޭގެ ހިނގާލުމުގައި ކުޑަކުދީންނާއި އަންހެނުން ހިމެނޭހެން އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. މައިގަނޑު ގޮތެއްގައި އަޑުއުފުލާފައި ވަނީ ރާއްޖެ އިން އިޒްރާއީލްގެ ޕާސްޕޯޓް ބަލައި ނުގަތުމަށެވެ.

މާލެ ސިޓީގައި މިރޭ ބޭއްވި ހިނގާލުން: މި ހިނގާލުމުގައި އެތައް ހާސް ބަޔަކު ބައިވެރިވި -- ވަގުތުގެ ފޮޓޯއެއް

ރާއްޖެ އިން އިޒްރާއީލްގެ ޕާސްޕޯޓް ބަލައި ނުގަތުމަށް ގޮވާލާ ދިވެހީންގެ އެތައް ހާސް ބަޔަކު މާލެ ސިޓީގެ މަގުތަކަށް ނިކުމެ ބޮޑު ހިނގާލުމެއް މިރޭ ބާއްވައިފި އެވެ.

އިޒްރާލާ ދެކޮޅު ހަރަކާތް ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ބުނެ އެކަމަށް ސަމާލުވާން އިޒްރޭލުގެ މީހުންނަށް އެ ގައުމުން އަންގާފައި ވަނިކޮށް މިރޭ ބޭއްވި ހިނގާލުން ކުރިއަށް ގެންގޮސްފައި ވަނީ މަޖީދީމަގުގައެވެ. މަޖީދީމަގު އެއްކޮޅުން އަނެއް ކޮޅަށް ހިނގާލުން ކުރިއަށް ގެންދިޔަ އެވެ.

މިރޭގެ ހިނގާލުމުގައި ކުޑަކުދީންނާއި އަންހެނުން ހިމެނޭހެން އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. "ރައިޓް މޫވްމަންޓް" އާއި "އާންމުންގެ އެކުވެރި ގުޅުން" އިންތިޒާމު ކުރި ހިނގާލުމުގައި މައިގަނޑު ގޮތެއްގައި އަޑުއުފުލާފައި ވަނީ ރާއްޖެ އިން އިޒްރާއީލްގެ ޕާސްޕޯޓް ބަލައި ނުގަތުމަށެވެ. އަދި ފަލަސްތީނުގެ މިނިވަން ކަމަށް ވެސް ގޮވާލާ އަޑުއުފުލާފައިވެއެވެ. އިޒްރޭލްގެ ހައްދުފަހަނައަޅާ ފައިވާ އަމަލުތައް ކުށްވެރިކޮށް އެ މީހުންގެ ނެތިދިއުމަށް އެދި ވެސް ގޮވާލާ އަޑުއުފުލި އެވެ.

އިޒްރޭލަށް ދިވެހީންގެ އިހުތިޖާޖު ފެނިއްޖެ

އިޒްލޭލުގެ ޔަހޫދީ ސިފައިން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ހަމަލާތަކާ ހިންގާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އިޒްރޭލު މީހުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލާ ގޮވާލުމުގެ އަޑުވަނީ ރާއްޖޭގައި ވަނީ ގަދަވެފަ އެވެ. އެގޮތުން މިކަމުގައި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންވެސް ބައިވެރިވެ އެކަމަށް ގޮވާލާ ގޮވާލުމުގެ މަޑު ވަނީ ގަދަކޮށްފައިވާއިރު އެފަދަ ބަހުސެއް ކުރުމަށް މަޖިލީހަށް ވަނީ ގަރާރެއް ވެސް ވައްދާފަ އެވެ. 

އެކަމާ ގުޅިގެން އިޒްރޭލްގެ ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ. ދިވެހީން ތިބީ ފަލަސްތީނާ އެކުކަން ފާހަގަކޮށް ހަގީގީ ވަޒަނެއް ނެތް އިޒްރޭލުން އެ މީހުންގެ ރައްޔިތުންނަށް އެންގީ ރާއްޖެ ނުދިނުމަށެވެ. އިޒްރޭލާ ދެކޮޅު ހަރަކާތްތައް ރާއްޖޭ ގައި ބޮޑު ކަމުން މިއީ ރާއްޖެއަަށް ދަތުރު ކުރަން އެ މީހުންނަށް ރައްކާތެރި ދުވަސްވަރެއް ނޫން ކަމަަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.