އިޒްރޭލަށް ދިވެހީންގެ އިހުތިޖާޖު ފެނިއްޖެ، އެންގީ ރާއްޖެ ނުދާން

މިދިޔަ ހަތަރު އަހަރު ރާއްޖެއަށް އިޒްރޭލުން ބައި ލައްކައަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކަ އެވެ.

ފަލަސްތީނާއެކު ތިބިކަން ހާމަ ކުރުމަށް ބޭއްވި ގައުމީ ބޮޑު އެއްވުން

ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓު ޔަގީނުން، ފަލަސްތީނުގެ ވަޒަންވެރީންނާއި ދެކޮޅަށް ހިންގާ ޓެރަރިސްޓް އަމަލުތަކާއި ދެކޮޅަށް ތެދުގެ ފަލަސްތީނުގެ ނަސްރަށް އެދި ދިވެހީން ކުރާ މަސައްކަތް ފެށި އިޒްރޭލުގެ މީހުން ރާއްޖެ ނުދާން އެ މީހުންގެ ފޮރިން މިނިސްޓްރީން އަންގައިފި އެވެ.

އިޒްލޭލުގެ ޔަހޫދީ ސިފައިން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ހަމަލާތަކާ ހިންގާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އިޒްރޭލު މީހުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލާ ގޮވާލުމުގެ އަޑުވަނީ ރާއްޖޭގައި ވަނީ ގަދަވެފަ އެވެ. އެގޮތުން މިކަމުގައި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންވެސް ބައިވެރިވެ އެކަމަށް ގޮވާލާ ގޮވާލުމުގެ މަޑު ވަނީ ގަދަކޮށްފައިވާއިރު އެފަދަ ބަހުސެއް ކުރުމަށް މަޖިލީހަށް ވަނީ ގަރާރެއް ވެސް ވައްދާފަ އެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހީން ތިބިކަން ހާމަ ކުރުމަށް ބޮޑެތި އެއްވުންތަކާއި ރެލީތައް ވަނީ ބާއްވާފައެވެ. ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހިންގި ހަރަކާތަށް ދިވެހީން ވަނީ އެތައް މިލިއަން ރުފިޔާ އެއް ހަދިޔާ ކޮށްފައެވެ.

ދިވެހީން ތިބީ ފަލަސްތީނާ އެކުކަން ފާހަގަކޮށް ހަގީގީ ވަޒަނެއް ނެތް އިޒްރޭލުން އެ މީހުންގެ ރައްޔިތުންނަށް އެންގީ ރާއްޖެ ނުދިނުމަށެވެ. އިޒްރޭލާ ދެކޮޅު ހަރަކާތްތައް ރާއްޖޭ ގައި ބޮޑު ކަމުން މިއީ ރާއްޖެއަަށް ދަތުރު ކުރަން އެ މީހުންނަށް ރައްކާތެރި ދުވަސްވަރެއް ނޫން ކަމަަށެވެ.

ހަތަރު އަހަރުން އިޒްރޭލުން ރާއްޖެއަށް ބައި ލައްކަ ޓޫރިސްޓުން

މިދިޔަ ހަތަރު އަހަރު ރާއްޖެއަށް އިޒްރޭލުން ބައި ލައްކައަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކަ އެވެ.

"މި" ނޫހުން އެދިގެން ސަރުކާރުން ދީފައިވާ ޓޫރިސްޓު އެރައިވަލްސްގެ އެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މެދެއްހާ ހިސާބަށް ބަލާނަމަ އިޒްރޭލުން 15,748 މީހުން ވަނީ ރާއްޖެ އައިސްފަ އެވެ. އަހަރުން އަހަރަށް ބަލާއިރު މި އަދަދު ބޮޑު ތަނުން އިތުރުވަމުން ގޮސްފައިވާކަން ފާހަގަ ކުރެވެ އެވެ. 

  •  2018 ވަނަ އަހަރު 7,748 މީހުން
  •  2019 ވަނަ އަހަރު 10,234 މީހުން
  •  2020 ވަނަ އަހަރު 1,782 މީހުން
  •  2021 ވަނަ އަހަރު 12,161 މީހުން
  •  2022 ވަނަ އަހަރު 15,748 މީހުން

މިދިޔަ ހަތަރު އަހަރު ދުވަހަށް ބަލާއިރު އަހަރުން އަހަރަށް އިޒްރޭލުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވަމުން ގޮސްފައި ވާތީ އަދި ނަމްބަރު އިތުރުވުމުގެ ރޭޓް ހުރި ގޮތުން މިހާރު، މި އަހަރުގެ މިހާތަނަށް 18،000 ޓޫރިސްޓުން އިޒުރޭލުން ރާއްޖެ އައިސް ވާނެ ކަމަށް އަންދާޒާއިން ދައްކަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.