ނުވަ އަހަރު، 10 ޕޯސްޓްމޯޓަމް ؛ 521،334.36 ރުފިޔާ

ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގެ ގާބިލު ކަމެއް ނެތެވެ. އެކަމަކު ޕޯސްޓުމޯޓަމް ހެދުމުގެ އިހުތިޔާރު ގާނޫނުން 2020 ގައި ފުލުހަށް ދީފައި ވެއެވެ. ފުލުސްބުނާ ގޮތުގައި ޕޯސްޓްމޯޓަމްގެ ހަރަދުތައް އެކި މިންވަރަށް އެކި ފަހަރު ބަދަލުވެ އެވެ. އެއީ އެކި ފަހަރު ކުރަންޖެހޭ ތަހުހީލުތައް ތަފާތު ވާތީ އެވެ..

މާލޭގެ ގަލޮޅު ސަރަހާގައި ހުންނަ މޯޗަރީގެ ނަން ބޯޑް: ޕޯސްޓްމޯޓަމް ހަދަން ހަރަދު ކުރާ މިންވަރު ދަނީ ރާއްޖެއިން ބޭރަށް
  •  ކޮންމެ ޕޯސްޓްމޯޓަމެއް ހަދަނީ 52،133ރ. އަށް
  •  މިހާރު ޕޯސްޓްމޯޓަމްތައް ހަދަނީ އިންޑިއާގައި

ޝިއާގެ އޮޓޮޕްސީގެ ހަބަރެއް ނެތް


ހ، ޝީރީނު ވިލާ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދު 22، މާރާލީ މިދިއަ އޯގަސްޓަ މަހުގެ 7 ވަނަ ދުވަހު އެވެ. ޝިއާއު މަރުގެ ހަގީގަތަށް ވާސިލުވުމަށް ޕޯސްޓްމޯޓަމެއް ހަދައި އޮޓޮޕްސީ ރިޕޯޓެއް ހޯދަން އިންޑިއާއަށް ފޮނުވީ އޯގަސްޓް 11 ވަނަ ދުވަހު އެވެ. ޕޯސްޓްް މޯޓަމް ހަދައިގެން މާލެނައި ކަމަށް ބުނެފައި ވަނީ އޯގަސްޓް 14 ވަނަ ދުވަހު އެވެ. މިހާ ދުވަސް ވެގެން ދިޔައިރު ވެސް މަރުގެ އެ ހާދިސާގެ ސުވާލުތަކަށް ފުލުހުގެ ޖަވާބެއް ނެތެވެ. ފުހުން ވަނީ މަރުގެ އެ ހާދިސާގެ މައުލޫމާތު ހާމަ ކުުރުން ހުއްޓާލައި ގާތްގަނޑަކަށް އެ ސްޓޯރީ "މަރާލާފަ" އެވެ. މި މައްސަލާގައި ފުލުހުން ކަން ކުރާ ގޮތުގެ "ޕޯސްޓްމޯޓަމެ" އް ބޭނުމެވެ. މަރުގެ މި ހާދިސާއަށް މާދަމާ މަހެއް ފުރޭނެ އެވެ.

މާލޭގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 -- މި

10 ޕޯސްޓްމޯޓަމްގެ ހޭދަ އިންޑިއާއަށް

ވޭތުވެ ދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި މަރުގެ އެކި ހާދިސާތަކާ ގުޅިގެން ތަހުގީގަށް އޮޓަޕްސީ ރިޕޯޓް ހޯދަން 10 މީހެއްގެ ޕޯސްޓްމޯޓަމް ހަދާފައިވާ ކަމަށް ފުލުސް ހިސާބުން ދައްކައެވެ. ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގެ ގާބިލު ކަމެއް ނެތެވެ. އެކަމަކު ޕޯސްޓުމޯޓަމް ހެދުމުގެ އިހުތިޔާރެއް ގާނޫނުން 2020 ގައި ފުލުހަށް ދީފައި ވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތް / ފުލުސް އިދާރާއިން "މި" ނޫހަށް ދިން ފެކްޓް ޝީޓެއްގައި ބުނެފައިވާ ގޮތުން މިދިއަ ނުވަ އަހަރުގެ މުއްދަތުގެ ތެރޭގައި 10 މަރެއްގެ ހަގީގަތަށް ވަސީލުވާން 10 ޕޯސްޓްމޯޓަމް ހެދި އިރު އެ ހުރިހާ ޕޯސްޓްމޯޓަމެއް ވެސް ހަދާފައި ވަނީ އިންޑިއާއިންނެވެ. ޕޯސްޓްމޯޓް ހަދަން އެކި ފަހަރު އެކި ވަރަށް ހަރަދު ކުރަން ޖެހެ އެވެ، ނަމަވެސް އިންޑިއާގައި އެކަން ކުރާ ސަބަބެއް ނުބުނެ އެވެ.

މިދިއަ ނު އަހަރު ތެރޭ ރާއްޖެއިން މަރުގެ ހާދިސާ ތަކާ ގުޅިގެން 10 މީހެއްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ޖެހުނު -- މި އިންފޯގްރެފިކްސް

މިދިއަ ނުވަ އަހަރު ދުވަހުގެ ތެރޭ ޕޯސްޓްމޯޓަމް ހަދަން ސަރުކާރުން އިންޑިއާއަށް ބައިވަރު ފައިސާ ހަރައްދު ކޮށްފައިވާއިރު 10 ޕޯސްޓްމޯޓަމެއް ހަދައި އޮޓަޕްސީ ރިޕޯޓް ހޯދަން ޖުމްލަ 521،334.36 ރ. ހަރަދުކޮށްފައި ވެއެވެ. އެއީ ކޮންމެ ޕޯސްޓްމޯޓަމަކަށް 52،133.44 ރ. އެވެ.

ފުލުސް އިދާރާއިން ބުނި ގޮތުގައި ޕޯސްޓްމޯޓަމްގެ ހަރަދުތައް އެކި މިންވަރަށް އެކި ފަހަރު ބަދަލުވެ އެވެ. އެއީ އެކި ފަހަރު ކުރަންޖެހޭ ތަހުހީލުތައް ތަފާތު ވެގެނެވެ.

ފުރަތަމަ ޕޯސްޓްމޯޓަމެއް ހެދީ ސޮލާހުގެ މަރާލުމުން


ރާއްޖެއިން ޕޯސްޓްމޯޓަމެއް ފުރަތަމަ ހެދީ މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ އޭޕްރީލް 15، 2007 ގެ ހެނދުނު ފެނުނު ސ. ހިތަދޫ ނާޒުކީގެ ހުސައިން ސޮލާހު 27 ގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން މަރުގެ ސަބަބު ހޯދަން މިނިވަން ޕޯސްޓްމޯޓަމެއް ހަދަން ހުއްޓާ ނުލައި އެދިގެނެވެ. އޭރު އެކަން ކުރީ އެ ފުރުސަތު އާއިލާއަށް ނުދީ، އޭނާގެ ހަށިގަނޑު ސްރީލަންކާއަށް ފޮނުވައިގެނެވެ.

ފުލުސް ހައްޔަރުން ދޫކޮށްލިތާ ދެ ދުވަސް ފަހުން މަރާލި ކަމުގެ ތުހުމަތުތައް ފުލުހުންގެ ބޮލުގައި އެޅިފައިވާ ސޮލާހުގެ ޕޯސްޓްމޯޓަމް ލަންކާގައި ހެދީ އޭނާގެ ލަންކާއަށް އެތެރެ ކުރަން ލަންކާ ސަރުކާރުން ހުއްދައެއް ނޫދީގެން އެތައް ގަޑިތަކަކަށް ބޯޓްގައި ސަންދޯ ބަހައްޓައިގެން ތިބުމަށް ފަހު އެވެ.

މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު ހުސައިން ސޮލާހު

ސޮލާހުގެ އޮޓަޕްސީއަށް ފަހު އޭނާގެ ހަށިގަނޑު މާލޭގެ އާ ސަހަރާގައި ވަޅުލީ ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް އެ އަހަރުގެ އޭޕްރިލް 28 ވަނަ ދުވަހު ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅައި މުޅި ސަރަހައްދު ބަންދުކޮށްލައިގެނެވެ. ސޮލާހަކީ މަސްތުވާ ތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެން އައްޑު އަތޮޅު ހިތަދޫން އޭޕްރީލް 9، 2007 ގައި ހައްޔަރަށް ނެގި މީހެކެވެ. އޭނާ މާލެ ގެނެސް ތަހުގީގުގެ މަރުހަލާ ނިންމުމަށް ފަހު ފުލުހުންގެ ހައްޔަރުން ދޫކޮށްލި ކަމަށް ފުލުހުން ބުނަނީ އެ މަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. އޭނާ މާރާލުމުގެ ތުހުމަތު އޮތީ ފުލުހަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.