މިއަދު 11:45 ހާއިރު ހިނގި މި ހާދިސާގައި އެ އެއާޕޯޓް ފަޔާގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އުތުރުގެ ކުޅުދުއްފުށި ސިޓީ އެއާޕޯޓްގައި ފަޔާގެ ޓްރެއިނިންއަށް ބޭނުންކުރާ ސިލިންޑަރެއް ގޮވައި ބަޔަކު ޒަހަމްވެއްޖެ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެއާޕޯޓް ތަމްރީނުތަކުގައި ބޭނުން ކުރާ އެ ސިލިންޑަރު ގޮވާފައި ވަނީ ގޭސް ރިފިލް ކުރުމުގެ ތެރޭގައި ކަމަށެވެ.
މިއަދު 11:45 ހާއިރު ހިނގި މި ހާދިސާގައި އެ އެއާޕޯޓް ފަޔާގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. އެ އެންމެނަކީ ވެސް އެއާޕޯޓުގައި މަސައްކަތް ކުރާ ދިވެހިންނެވެ.
އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންޏެވެ. "މި" ނޫހަށް އެނގިފައިވާ ގޮތުގައި ހާލު ސީރިއަސްވި މީހާގެ އޮޕަރޭޝަނެއް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
މި ހާދިސާގައި ޒަހަމްވެފައި ވަނީ ތިން ފިރިހެނުންނަށާއި އަންހެނަކަށެވެ. އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދެ އެވެ.
ގޮވި އެ ސިލިންޑަރަކީ އަލިފާން ނިވުމުގެ މަސައްކަތުގައި ބޭނުން ކުރާ ސިލިންޑަރެކެވެ. މި ހާދިސާގެ ތަހުގީގެއް ވެސް މިހާރު ވަނީ ފަށާފަ އެވެ.