ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށް، ހުރިހާ ގޮތަކުން ވެސް ބަލިތަކުން އަރައިގަތުމަށް ޔުނީފޯމްގައި ތިބި އެކުވެރިންގެ ދަތިތަކުގައި ހިއްސާވުމަށް އިންޑިއާއިން އަބަދުވެސް އިސްވެ އޮވެ އެވެ.
ޑިސެމްބަރު 26، 2004 ސުނާމީ ކާރިސާ ސަބަބުން މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާގުޅިގެން، އަވަށްޓެރި އިންޑިއާއިން ވަނީ ރާއްޖެ ހިމެނޭ ގޮތަށް އަވަށްޓެރި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ދިވެހިރާއްޖެއަށް އެއާލިފްޓް އޮޕަރޭޝަން ނުވަތަ އޮޕަރޭޝަން "ކާސްޓާ" ފެށީ ޑިސެމްބަރު، 28، 2004 ގައި ދިވެހި ސަރުކާރުގެ އެހީއަށް އެދުމުންނެވެ.
ޕެރަޑްރޮޕް މޮޑިފައިކޮށްފައިވާ، ލޯންގް ރޭންޖްގެ ދެ އޭވީއާރްއޯއެއް ރާއްޖެ ދިއުމަށް ވަނީ ފޮނުވާފައި އެވެ. އެ މަތިންދާ ބޯޓުތަކުން ވަނީ ރާއްޖޭގެ އެކި ޝޯޓް ފީލްޑް ރަންވޭތަކުގައި ޖެއްސުމުގެ ގޮތުން އިންޓަ އައިލެންޑް އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ. އެ މީހުންގެ މަސައްކަތަކީ ކެޝުއަލިޓީ އިވެކުއޭޝަން (ކޭވެކް) އާއި ކާބޯތަކެއްޗާއި ފެނާއި އެހެނިހެން ސާމާނު ވައިގެ މަގުން ފޯރުކޮށްދިނުމާއި މެޑިކަލް ޓީމުތައް ފޮނުވުމެވެ.
އެކަމާ ގުޅިގެން ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއަން އެއާފޯސް (އައިއޭއެފް) އިން އޮޕަރޭޝަން "ނީރް" ފެށިއެވެ. އައިއޭއެފުން ވަނީ ދިއްލީއިން އަރަކްކޯނަމް އަށް އަދި މާލެއަށް ޕެކެޓްކޮށްފައި ހުރި ފެން އެއާލިފްޓް ކުރަން ތިން ސީ-17 އަދި ތިން އައިއެލް-76 މަތިންދާބޯޓު ފޮނުވައިފަ އެވެ. ސެޕްޓެމްބަރު މަހުގެ 5 އިން 14 އަށް އައިއޭއެފް އިން ވަނީ 374 ޓަނުގެ ބޯފެން މާލެ އަށް ގެނެސްފައެވެ. އޭގެ ފަހުން އިންޑިއާގެ ދެ އުޅަނދު، އައިއެންއެސް ދީޕަކް އާއި އައިއެންއެސް ޝުކަންޔާ ވެސް މާލެ އައިސް ގާތްގަނޑަކަށް 2000 ޓަނުގެ ފެން ފޯރުކޮށްދީ، ދިވެހިންނަށް ކުރިމަތިވެފައިވާ ދަތިކަން ކުޑަކޮށްދިނެވެ. އިންޑިޔާއިން ވަގުތުން ފޯރުކޮށްދިން އެހީތެރިކަމަށް ރާއްޖޭގެ ސަރުކާރުންނާއި ރައްޔިތުން ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.
އޭގެ ކުރިން ވެސް އެއާ އިންޑިއާގެ ފްލައިޓެއްގައި ވޫހާންގައި ތިބި ހަތް ދިވެހިން ފުރުވާލާދީފައި އެވެ. އައިއޭއެފުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި "އޮޕަރޭޝަން ސަންޖީވާނީ" ގެ ދަށުން އިންޑިއާއިން މާލެއަށް އައިއޭއެފްގެ ސީ-130 މަރުކާގެ މަތިންދާ ބޯޓަކާއި، ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ރާއްޖެއަށް ބޭނުންވާ 6.2 ޓަނުގެ ޒަރޫރީ ބޭހާއި މެޑިކަލް އަދި ހޮސްޕިޓަލް ކޮންސިއުމަބަލްސް ފޯރުކޮށްދިނެވެ.
މި ބޭހާއި ކޮންސިއުމަބަލްސް އެސްޓީއޯއިން ހޯދީ އިންޑިއާގެ އެކި ސަޕްލަޔަރުންގެ އަތުން ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑިއާ ލޮކްޑައުން ކުރުމާ ގުޅިގެން އެ ތަކެތި ސަޕްލަޔަރުންނަށް އެހެން އެއްވެސް ވަސީލަތެއް މެދުވެރިކޮށް ރާއްޖެ ނުފޮނުވުނެވެ.
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އައިއޭއެފްގެ މަތިންދާބޯޓުން ވަނީ އޮޕަރޭޝަން ސަންޖީވާނީ އެކްޓިވޭޓްކޮށް، ރާއްޖެއަށް ފުރުމުގެ ކުރިން ނިއުދިއްލީ، މުމްބާއީ، ޗެންނާއީ އަދި މަދުރާއީގެ އެއާޕޯޓުތަކުން މި ބޭސްތައް އުފުލާފަ އެވެ. އިންޑިއާގެ އަސްކަރިއްޔާއިން ވަނީ މި ބޭހާއި ކޮންސިއުމަބަލްސް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ހުރި ގުދަންތަކުން ކަމާބެހޭ އެއާޕޯޓުތަކަށް ގެންދިއުމުގެ މަގު ފަހިކޮށްދީފަ އެވެ. މެއި މަހުގެ ދެވަނަ ދުވަހު "މިޝަން ސާގަރު" ގެ ދަށުން އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ އުޅަނދެއް ކަމަށްވާ އައިއެންއެސް ކޭސަރީ ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 580 ޓަނުގެ ކާޑުގެ ބާވަތްތައް ހިފައިގެން މާލެ އައިސްފައެވެ. އޭގެ ތެރޭގައި ހަނޑޫ، ފުށް، ހަކުރު، މުގު ފިޔާ އަދި އަލުވި ހިމެނެ އެވެ.
އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓެއް އެމްއެންޑީއެފްގައި އޮންނަތާ ދިހަ ވަރަކަށް އަހަރު ވެއްޖެ އެވެ. މި އެސެޓްތަކުގެ ސަބަބުން އެމްއެންޑީއެފްގެ ސްޕެޝަލް އޮޕްސް ޓްރެއިނިން އާއި ކޮންވެންޝަނަލް އާއި ނޮން ކޮންވެންޝަނަލް ނުރައްކާތަކުން ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖޮއިންޓް ސާވެއިލަންސް ހިންގުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ސަރަހައްދުތަކުގައި ހާއްސަކޮށް މޫސުން ގޯސް ދުވަސްވަރު މެޑިކަލް އިވެކުއޭޝަންސް (މެޑެވެކްސް) އާއި ޖޮއިންޓް ސާޗް އެންޑް ރެސްކިއު (އެސްއޭއާރް) ގައި ވެސް ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައި ވެއެވެ. މީގެ ތެރޭގައި އެއް ދުވަސްވީ ކުޑަކުދިންނާއި ހަމައިން ފެށިގެން 97 އަހަރުގެ މީހެެއްގެ ފުރާނަ ސަލާމަތް ކޮށްފައި ވެއެވެ.
ތަފާސް ހިސާބުތަކަށަ ބަލާއިރު، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް މޫސުން ގޯސްވި ނަމަވެސް، ޖޮއިންޓް މެޑެވެކްސް އިން ވަނީ 500 އަށް ވުރެ ގިނަ ފުރާނަ ސަލާމަތްކޮށްފަ އެވެ. މީގެ އިތުރުން 50 އަށްވުރެ ގިނަ ޖޮއިންޓް އެސްއޭއާރް މިޝަންގައި ވަނީ މީހުންނާއި ތަކެތި ސަލާމަތް ކުރި އެވެ. ކޮވިޑްގެ ޕެންޑެމިކްގައި ވެސް މި މަތިންދާބޯޓުތައް ބޭނުން ކޮށްފައި ވަނީ މެޑިކަލް ޓީމުތައް ޓްރާންސްފާ ކުރުމުގެ އިތުރުން ކޮވިޑް ސާމްޕަލް ޓެސްޓު ކުރުމަށް ޓްރާންސްފާ ކުރުމަށެވެ.
ސެޕްޓެމްބަރު 9، 2012 އިން ފެށިގެން އިންޑިއަން އާމްޑް ފޯސަސް މެޑިކަލް ސާވިސަސް (އޭއެފްއެމްއެސް)ގެ މެޑިކަލް އެސްޕީ އީޝިއަލިސްޓެއް، ރޭޑިއޮލޮޖިސްޓެއް އަދި ހަތަރު ޕެރަމެޑިކްސް ހިމެނޭ ގޮތަށް، ރާއްޖޭގެ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގައި ދިވެހިންނަށް ހިދުމަތް ދެމުން ގެންދެއެވެ. އަދި ދިހަ ވަރަކަށް އަހަރު ފަހުން އޭއެފްއެމްއެސްގެ ޓީމު ވަނީ ފުޅާކޮށް، ގައިނަކޮލޮޖިސްޓަކާއި ސައިކޭޓްރިސްޓް އަދި އެނެސްތެސިއޮލޮޖިސްޓެއް ހިމަނާފަ އެވެ. ކޮންމެ މަހަކު ވެސް 300 އާއި 500 އާ ދެމެދުގެ އަދަދަކަށް ބަލި މީހުން ދަނީ ކޮންމެ ސްޕެޝަލިސްޓެއްގެ ފަރާތުން ހިދްމަތް ހޯދަ އެވެ.
އައުޓް ޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ)، ރޭޑިއޯގްރަފީ ސުއިޓް، އީސީޖީ، އަލްޓްރާ ސޮނޯގްރާމް އަދި ލެބް އިންވެސްޓިގޭޝަންތަކުގައި ކޮންމެ ދުވަހަކު ވެސް އެ ޓީމުން އަންނަނީ ހިދްމަތް ކޮށްދެމުންނެވެ. އާންމުކޮށް ކޮންމެ މަހަކު 1821 އެކްސްރޭ އާއި 701 އަލްޓްރާ ސައުންޑް ސްކޭން އަދި 3100 ލެބް އިންވެސްޓިގޭޝަން ކުރިއަށް ގެންދެއެވެ.
ފެބުރުއަރީ 2021 ގައި ފެށި ފެށި ސައިކޭޓްރިކް އޯޕީޑީ އިންވަނީ ސްކިޒޮފްރެނިއާ، ސަބްސްޓެންސް ޔޫސް ޑިސްއޯޑާ، މޭޖާ ޑިޕްރެޝަން ޑިސްއޯޑާ، ޖެނަރަލައިޒްޑް އެންޒައިޓީ ޑިސްއޯޑާ އަދި ޕާސަނަލިޓީ ޑިސްއޯޑާ ފަދަ ބަލިތައް ހުންނަ މީހުންނަށް ދޭ އެވިޑެންސް ބޭސްޑް ފަރުވާގެ ފެންވަރު ރަނގަޅުވުމުން އާންމުންގެ ތައުރީފު ހޯދާފަ އެވެ. މީގެ އިތުރުން ސީވިއާ ސަބްސްޓެންސް ވިތުޑްރޯލް ސްޓޭޓްސް އާއި އެކިއުޓް ޑިޕްރެސިވް ކްރިސް ފަދަ ގިނަ އެކިއުޓް ސައިކޭޓްރިކް އިމަޖެންސީތައް މެނޭޖް ކުރުމުގައި ވެސް އެ ޓީމުން ވަނީ ކާމިޔާބީތަކެއް ހޯދާފަ އެވެ.
މެޑިކަލް ސްޕެޝަލިސްޓުންނަކީ ދުވާލުގެ ކޮންމެ ވަގުތެއްގައި ވެސް ފުރާނަ ސަލާމަތްކޮށްދޭ ތަފާތު އިމަޖެންސީތަކަށް އެޓެންޑްވަމުން އަންނަ ބައެކެވެ. ދާދި ފަހުން މެޑިކަލް ސްޕެޝަލިސްޓުން ވަނީ ނޭވާލާން އުނދަގޫވެފައިވާ އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކާއި ފުއްޕާމޭގެ ސީރިއަސް ބައްޔެއް ހުންނަ އަންހެނަކާއި ސިކުނޑީގައި ރިއްސުމާއި ހިތުގެ ވިންދު ދަށްވާ ޒުވާން ރެކްރޫޓެއްގެ އިތުރުން އަޔަން ތެރަޕީއަށް ސައިޑް އިފެކްޓްސް ކުރިމަތިވާ ސިވިއަރ އެނީމިއާ ހުންނަ އަންހެނަކު މެނޭޖްކޮށްފައެވެ. ދުވާލުގެ ކޮންމެ ވަގުތެއްގައި ވެސް މިފަދަ މެޑިކަލް ސްޕެޝަލިސްޓުން ތިބުމަކީ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ސެނަހިޔާގެ ޑޮކްޓަރުންނަށް ލިބޭ އެހީތެރިކަމެކެވެ.
ރޭޑިއޮލޮޖިސްޓުން އަންނަނީ އީސީޖީ، ޔޫއެސްޖީ ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދާދި ފަހުން ރޭޑިއޮލޮޖިސްޓުން ވަނީ ކެންސަރުގެ ދެ ކޭސް ފުރަތަމަ މަރުހަލާގައި ދެނެގަނެވިފައެވެ. ކެންސަރު އަވަހަށް ދެނެގަތުމުން ކެންސަރު ފެތުރުން ހުއްޓުވައި އަވަހަށް ފަރުވާ ދޭން ފެށުމުން ބަލި މީހައަށް ފައިދާކުރިއެވެ.
ސައުވީސް ގަޑިއިރު މަސައްކަތްކޮށް، ކޮންމެ ފަދަ ދަނޑިވަޅެއްގައި ވެސް އެހީވުމަށް ތައްޔާރަށް ތިބި އޭއެފްއެމްއެސްގެ ޓީމުން ފޯރުކޮށްދޭ އެހީތެރިކަމަށް އާންމުންގެ ފަރާތުން އަބަދުވެސް ތައުރީފުކޮށް، އެހީ ތެރިކަން ލިބިފައިވާ ބަލިމީހުންގެ ޝުކުރާއި ހެޔޮ ދުއާ ލިބެއެވެ. މި ޓީމަކީ ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށް، ހުރިހާ ގޮތަކުންވެސް ބަލިތަކުން އަރައިގަތުމަށް ޔުނީފޯމްގައި ތިބި އެކުވެރިންގެ ދަތިތަކުގައި ހިއްސާވުމަށް ހާއްސަ ކޮށްފައިވާ ޓީމެކެވެ.
މީދޯ ރާއޖޭގަ ތިބި އިންޑިއާ ސިފައިންނަކީ. ދެން މުއިޒް ބޭނުންވިޔަސް ކިހިނެއް މި މެޑިކަލް ޓީމު ފޮނުވާލާނީ. މެޑިކަލް ޓީމް އޭ ކިޔިއަސް މިލިޓަރީ ސިފައިން އެއި