ބީއެމްއެލްގެ ސީއީއޯ / މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ އަލަށް ތައާރަފްކުރި ކާޑުތައް އުފައްދާފައި ވަނީ ރީސައިކަލް ޕްލާސްޓިކް ގައި ކަމަށެވެ.
ބީއެމްއެލް އިން އަލަށް ތައާރަފު ކުރި ކާޑުތަކަކީ ދިވެހި ރާއްޖޭގެ ގުދުރަތީ ރީތި ކަން ދައްކުވައިދޭ ކާޑުތަކެކެވެ. ކާޑުތަކުން ފެންނަނީ ދިވެހި ގޮނޑުދޮށްތަކަށް ބީސާލާ ރާޅުތަކާއި ހުދު ފޮނުތަކުގެ މަންޒަރެވެ. ސާފު މޫދާއި ރީތި ގޮނޑުދޮށްތަކެވެ.
މީގެ އިތުރުން ރޭގަނޑުގެ ވަގުތުތަކުގައި ރެދަނުން ދިއްލީފައިވާ ދިވެހީންގެ ގޮނޑުދޮށްތަކެވެ. ރީތި މުރަކަތަކުން ގުދުރަތީ މުއްސަދިކަން ލިބިފައި އޮތް ދިވެހި ރާއްޖޭގެ ފަރުތަކެވެ.
އާ ކާޑުތައް ތައާރަފު ކުރުމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ / މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ އަލަށް ތައާރަފްކުރި ކާޑުތައް އުފައްދާފައި ވަނީ ރީސައިކަލް ޕްލާސްޓިކް ގައި ކަމަށެވެ. ތިމާވެއްޓާއި ރަހުމަތްތެރި ގޮތަކަށް ކާޑުތައް އުފެއްދީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާއިމެދު ހޭލުންތެރިކަން އިތުރުކުރުމާ އެކު ތިމާވެށި ހިިމާޔަތް ކުރުމަށް ހާއްސަ މަަސައްކަތްތަކެއް ކުރުމަށް އިތުރު ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް ތިމާވެއްޓަށް ރައްކާތެރި ގޮތްތައް އިހްތިޔާރު ކުރުމުގެ މުހިންމު ކަން އަންގައި ދިނުމަކީ ވެސް ބެންކުގެ މަގުސަދެއް ކަމަށް ކާލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކާޑުތަކަކީ ހަމައެކަނި ބަލާލަން ރީތި ކާޑު ތަކެއް ނޫން. މިއިީ ދުނިޔޭގެ ތިމާވެއްޓާ ވެސް ގުޅޭ ރައްކާތެރި ކާޑުތަކެއް،"
ބެންކުން ބުނި ގޮތުގައި އާ ޑިޒައިންތަކުގެ ކާޑުތައް މިއަދުން ފެށިގެން ދޫކުރާނެ އެވެ.
އައި ބޭނުން އެންމެ ކުރިން ތީގެ ކާޑެއް ގެންގުޅޭ މީހަށްވާން
އަޅެ މިހާރު އިން ހަޑި ކާޑު ގެނދިޔާމަ ތީގެން ރީތި ކާޑެއް ދޭނެތަ؟ ނޫނީ މުއްދަތު ހަމަވީމަތަ ކާޑް އާކުރާއިރު ތަ ލިބޭނީ.