ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތި ދެނެގަނެވޭ ކިޓް ހަދިޔާކޮށްފި

މި ޓެސްޓް ކިޓުތަކުގެ ސަބަބުން ފްރޮންޓްލައިން އޮފިސަރުންގެ މަސައްކަތްތައް ފަސޭހަވާނެ އެވެ. އަދި ފީލްޑް އޮފިސަރުންނަށް ކްރައިމް ސީންގައި ހުންނަ ޝައްކުކުރެވޭ ތަކެތި ފަސޭހަކަމާއެކު ދެނެގަނެވޭނެ އެވެ.

ޖަޕާނުން ޑުރަގް އަދި ޕްރިކާސާ ފީލްޑް ޓެސްޓް ކިޓް ފުލުސް އިދާރާއަށް ހަދިޔާ ކުރަނީ

ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީން ދިވެހި ފުލުހުންގެ ހިދުމަތަށް ޑުރަގް އަދި ޕްރިކާސާ ފީލްޑް ޓެސްޓް ކިޓް ހަދިޔާ ކޮށްފި އެވެ. 

މިއަދު އިސްކަންދަރު ބިލްޑިންގުގައި ފުލުހުންގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެ ވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފެވެ. ޖަޕާން ސަރުކާރުން ތަކެތި ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.  

ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި ޑުރަގް އަދި ޕްރިކާސާ ފީލްޑް ޓެސްޓް ކިޓުތަކަކީ، މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންވާ ރިއެޖަންޓް ޓޫލްސް ހިމެނޭ ވޯޓާ ރެސިސްޓަންޓް ކިޓުތަކެކެވެ. މިއީ ފުރަތަމަ މަރުހަލާއިން މަސްތުވާތަކެތި ދެނެގަތުމަށްޓަކައި އެހީތެރިވެދޭނެ ކިޓުތަކެކެވެ. މި ކިޓުތަކުގެ އެހީގައި، މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެނގޭނެ އެވެ.

މި ޓެސްޓް ކިޓުތަކުގެ ސަބަބުން ފްރޮންޓްލައިން އޮފިސަރުންގެ މަސައްކަތްތައް ފަސޭހަވާނެ އެވެ. އަދި ފީލްޑް އޮފިސަރުންނަށް ކްރައިމް ސީންގައި ހުންނަ ޝައްކުކުރެވޭ ތަކެތި ފަސޭހަކަމާއެކު ދެނެގަނެވޭނެ އެވެ.  

ކޮމެންޓް

1
450
ތޮލޭ
10 months ago

ޒަމާނީ ވަސީލަތް ތަކާއި އެކު ޕޮލިހުންގެ ހުރިހާ ހިދުމަތެއް ފަސްޓް ކުލާސްވާންޖެހެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.