ޝިފާޒު ދޫ ނުކޮށް، ޖެހީ އިތުރު 15 ދުވަހުގެ ބަންދެއް

އޭނާގެ ބަންދަށް މުއްދަތު ޖެހުމަށް ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ ބަންދެއް ވަނީ ދީފައެވެ. އެ މުއްދަތު ހަމަވުމުން ބަންދާއިމެދު ގޮތް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރުމުން ގާޒީ އަލީ އާދަމް ނިންމެވީ އިތުރު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ. ޝިފާޒަކީ ބަލި މީހަކަށް ވުމުން އޭނާ ބަންދުން ދޫކޮށްލަން މިއަދުވެސް ކޯޓްގައި އެދުނެވެ.

ހަސަން ޝިފާޒް

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރި މީހާއަށް ލުއި ނުދޭން ނިންމާ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން 24 މީހަކު ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަސަން ޝިފާޒް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ހައްޔަރު ކުރީގެ މީގެ 30 ދުވަސް ކުރީން އައިޖީއެމްއެޗް ތެރެއިންނެވެ.

އޭނާގެ ބަންދަށް މުއްދަތު ޖެހުމަށް ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ ބަންދެއް ވަނީ ދީފައެވެ. އެ މުއްދަތު ހަމަވުމުން ބަންދާއިމެދު ގޮތް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރުމުން ގާޒީ އަލީ އާދަމް ނިންމެވީ އިތުރު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ. ޝިފާޒަކީ ބަލި މީހަކަށް ވުމުން އޭނާ ބަންދުން ދޫކޮށްލަން މިއަދުވެސް ކޯޓްގައި އެދުނެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން ޝައިހް ފަޒްލޫން މުހައްމަދު އާއި ޝައިހް އާދަމް ނިޝާން އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހިމެނޭހެން ހައްޔަރު ކުރި އެންމެވެސް ދޫކޮށްލީ ގިނަ ދުވަސްތަކަކޫ ބަންދުގައި ގެންގުޅުމަށް ފަހު އެވެ. ބަންދުން ދޫކޮށްލީ ތިން ހަތަރު ފަހަރު މަތީން ބަންދުގެ މުއްދަތު އިތުރުކޮށްދީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ފުލުހަށް ނުދެއްކުމުންނެވެ.

އޭރުވެސް ފުލުހުން އެދުނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބައި ދިނުމަށެވެ.

ޔޯގާ ހަމަނުޖެހުމުގެ މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ސާފުކޮށެއް ނުދިނެވެ. ޔޯގާ ހަރަކާތާ ދެކޮޅަށް ބަޔަކު ހިންގި އަމަލުތައް ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީއެއް އެކުލަވާލި އެވެ. އެ ކޮމެޓީން މައްސަލަ ބެލުމަށް ފަހު މިހާރު ވަނީ ރިޕޯޓް ރައީސާއި ހިއްސާ ކުރައްވާފައެވެ. އެ ރިޕޯޓްގައި 39 ކަމެއް އިސްލާހު ކުރަން ލަފާ ދީފައިވެއެވެ. ބައެއް ފިޔަވަޅުތައް އަޅަންވެސް ލަފާ ދީފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.