ލަންދޫ ސެންޓަރުގޭ އިމާރާތަށް ގެންދިޔަ މުދާ ވެސް އަޑިއަށް

ބޯޓްގައި ހުރި ސެންޓަރުގޭގެ މުދަލުގެ އަގު ދެލައްކަ ރުފިޔާއާ ގާތް ކުރެ އެވެ. އެއީ ސެންޓަރުގޭ އާ އިމާރާތް އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާމާނެވެ،

ލަންދޫ ބޯޓް އަޑިއަށް ގޮސް މުދާތައް ކަނޑުމަތީގައި އޮޔާ ދަނީ

ނ. އަތޮޅުގެ ތިން ރަށަކަށް މުދާ އުފުލާ "ލަންދޫ ބޯޓް" އަޑިއަށްދިޔައިރު ބޯޓްގައި ލަންދޫ ހެލްތް ސެންޓަރުގެ / ސެންޓަރުގޭގެ އާ އިމާރާތަށް ބޭނުންވާ ދެ ލައްކަ ރުފިޔާގެ ސާމާނު ހުންނާނެ ކަމަށާ އެތަކެތި ސަލާމަތް ނުކުރެވި ހަލާކުވެފައިވާ ކަަމަށް އެ މަސައްކަތް ހަވާލު ކޮށްފައިވާ ވީރު ގުރޫޕް ޕްރައިވެޓް ލިމިޑެޓުން ބުނެފި އެވެ.

ގިނަ އަދަދެއްގެ މުދަލާއެކު ލަންދޫ ބޯޓު އަޑިއަށް ދިޔައީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ވީރު ގުރޫޕް ޕްރައިވެޓް ލިމިޑެޓްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ލަންދޫ ހެލްތު ސެންޓަރުގެ އާ އިމާރާތް އެޅުމުގެ މަސައްކަތަށް ބޭނުންވާ ޓައިލްސް އާއި ޓައިލްސް ކެމިކަލް އަދި ފިނިޝިން މެޓީރިއަލް ލަންދޫ ބޯޓުގައި ހުންނާނެ ކަމަށެވެ. އަދި ބޯޑް އަޑިއަށް ދިއުމުގެ ސަބަބުން އެ ހުރިހާ ސާމާނެއް ހަލާކުވެފައިވާ ކަމަށެވެ.

"ބޯޓްގެ ވެރިފަރާތުން މިއަދު މައުލޫމާތު ދިން ބައެއް މުށި ސަލާމަތް ކުރެވުނު ކަމަށް. ނަމަވެސް މުށިތައް ލޮނުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމުން އެތަކެތި އެފަދަ މުހިންމު މަސައްކަތަށް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ނުވާތީ މި ޕްރޮޖެކްޓްގައި އަޅުގަނޑުމެން އެ މުށި ބޭނުމެއް ނުކުރާނަން،"

އޭނާ ވިދާޅުވި ގޮތުގައި ބޯޓްގައި ހުރި މުދަލުގެ އަގު ދެލައްކަ ރުފިޔާއާ ގާތް ކުރާނެ އެވެ. އަދި ލަންދޫ ހެލްތް ސެންޓަރުގެ އައު އިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެހެން ބޯޓެއްގައި މިއަދު އެ ރަށަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލަންދޫ ބޯޓްގެ ވެރި ފަރާތުން ބުނި ގޮތުގައި ބޯޓް އަޑިއަށް ދިޔައިރު ތިން މިލިއަނެއްހާ ރުފިޔާގެ މުދާ އޭގައި ހުންނާނެ އެވެ. އަދި ބޯޓްގައި ހުރި މުދަލުގެ ތެރެއިން ސަލާމަތް ކުރެވުނީ ވަރަށް މަދު މިންވަރެއް ކަމަށް ވަނީ ބުނެފައެވެ. މައިގަނޑުކޮށް ސަލާމަތް ކުރެވުނީ ގޭހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.