ދިއްދޫ ބަނދަރާއި ޖެޓީގެ ބޮޑު ބައި ނިންމައިފި

ސަރުކާރު ކުންފުނި، އެމްޓީސީސީ އިން ބުނީ ގޮތުގައި ދިއްދޫގެ ބަނދަރާއި ޖެޓީ ހިމެނޭ މަޝްރޫއަކީ 88.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަސައްކަތުގެ އަޕްޑޭޓް އެއް އެމްޓީސީސީން ދީފި އެވެ.

އެމްޓީސީސީން ބުނި އެ ރަށުގެ ބަންދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 80 ޕަސެންޓް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމެންޓް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. 

މީގެ އިތުރުން ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 98 ޕަސެންޓް ވެސް ވަނީ ނިންމާފަ އެވެ. ސައިޓުގައި މިހާރު ކުރިއަށް ދަނީ ބޭރުތޮއްޓާއި އެއްގަމު ތޮށި ލުމާއި ކޮންކްރީޓް ބްރިޖްގެ މަސައްކަތެވެ. 

މި މަޝްރޫއުގެ ދަށުން: 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 81 މީޓަރުގެ ސަރަހައްދެއްގައި ޗެނަލްގެ ބޭރުތޮށި ލުމާއި، 49 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 898 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 9،270 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 88.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.