ރާއްޖޭގައި ލެޕްރަސީ ނެތް ކަމުގެ ޝަރުތު ފުރިހަމަކޮށްފި

ހެލްތު މިނިސްޓްރީން ކުރި މަސައްކަތުން ރާއްޖޭގެ 178 ރަށުގައި ލެޕްރަސީ ނެތް ކަން ވަނީ ކަށަވަރުކޮށްފަ އެވެ. އެޔާއެކު ޒީރޯ ލެޕްރަސީ ފްރޭމްވޯކްގައި ހިމަނާފައިވާ ގިނަ ކަންކަން ހާސިލްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރާއްޖެއަކީ ލެޕްރަސީ ނެތް ގައުމެއްގެ ގޮތުގައި ޝަރުތުހަމަވާތީ ހެލްތު މިނިސްޓްރީން ބޭއްވި ހަފްލާ --

ރާއްޖެ އަކީ ލެޕްރަސީ -- ޖުޒާމް ބަލި -- ނެތް ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ހެލްތު މިނިސްޓްރީން ފުރިހަމަކޮށްފި އެވެ.

ރާއްޖޭން ބޮޑެތި ބަލިތައް ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން "ޒީރޯ ލެޕްރަސީ ފްރޭމްވޯކް" އެއްގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެ ބަލި ނެތް ކަމަށް ނިންމޭނީ މަދުވެގެން 100 ރަށުގައި ބަލި ނެތްކަން ކަށަވަރު ކޮށްގެންނެވެ.

ހެލްތު މިނިސްޓްރީން ކުރި މަސައްކަތުން ރާއްޖޭގެ 178 ރަށުގައި ލެޕްރަސީ ނެތް ކަން ވަނީ ކަށަވަރުކޮށްފަ އެވެ. އެޔާއެކު ޒީރޯ ލެޕްރަސީ ފްރޭމްވޯކްގައި ހިމަނާފައިވާ ގިނަ ކަންކަން ހާސިލްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ މި މަސައްކަތް ކުރިއަށް ގެންދެވުނު ގޮތާއި، ރަށްރަށުގައި ބެލި ނެތް ކަމުގެ ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު ކަންކަމާއި ހާސިލްކުރެވުނު ކަންކަމުގެ މައުލޫމާތު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ހިއްސާކޮށްފައިވާ ކަމަށެވެ.

ލެޕްރަސީ ނެތް ރަށްތައް ކަނޑައެޅުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި، ލެޕްރަސީ ބަލި ދެނެގަތުމާއި، ބައްޔަށް އާއްމުން ސްކްރީން ކުރުމާއި،  ލެޕްރަސީއަށް ދޭން ޖެހޭ ފަރުވާތަކުގެ އިތުރުން ބައްޔާމެދު ދެކޭގޮތް ބަދަލުކުރުމަށް ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ލެޕްރަސީ ބައްޔަކީ ކުރީގައި ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލު ކުރި ބައްޔެކެވެ. ނަމަވެސް 1982 ވަނަ އަހަރު ރާއްޖޭގައި ލެޕްރަސީ ބައްޔަށް ބޭސް ތައާރަފްކޮށް ރަގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ދެވެން ފެށުމާއިއެކު ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިއާއެކު 1997 ވަނަ އަހަރު ލެޕްރަސީއަކީ ރާއްޖޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫންކަމުގައި ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅައިފަ އެވެ.

ލެޕްރަސީގެ އިތުރުން ރާއްޖެއިން ރުބެއްލާ އަދި ޓީބީ ފަދަ ބަލިތައް ނައްތާލުމުގެ މަސައްކަތް ވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ކޮމެންޓް

1
450
ބުރުނީ އިއްބެ
10 months ago

ރާއްޖޭގެ މައި ހޮސްޕިޓަލް އައިސީޔޫގަ އޮތްވާހަކަ ދެންމެ މިނޫހުން މި ކިއީ. ރުޅިއަސްފަ ހުއްޓާ މިފެނުނީ އެމީހުންނަށް ކުރެވިފަ އޮތް މޮޅުކަމެއްގެ ވާހަކަ. ތައުރީފް ހައްގު. އެކަމަކުވެސް ދެންހުރި ކަން ކަން ހަމަ ސުމެއް. އަގުހެޔޮ ލޯވް ކޮލިޓީ ބޭސް އަދި ދަރުމަވަންތަ ހޮސްޕިޓަލް އާއި އަޖީއެމްއެޗް ގެ ކަންކަން. ރަނގަޅުކޮށްބަލަ؟ ނުކައި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.