އަތޮޅުތަކުގެ އާރްޓީއެލް ބަހަށް ބީއެމްއެލް ކާޑުން ފައިސާ ދެއްކޭނެ

އެމްޓީސީސީ އިން ބުނީ މި ހިދުމަތް 65 އަހަރުންމަތީގެ މިހުންނަށްށާއި، ތިން އަހަރުން ދަށިުގެ ކުޑަކުދިންނަށް އައި.ޑީ ކާޑު ދެއްކެވުމުން ހިލޭ ލިބިވަޑައި ގަންނަވާނެކަމަށެވެ.

ރާއްޖޭގެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަތޮޅުތަކުގައިދޭ އާންމު ބަހުގެ ހިދުމަތުގައި ކޮންޓެކްޓްލެސް މާސްޓާކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެމްޓީސީސީ އިން ބުނީ މިއަދުން ފެށިގެން އައްޑޫ ސިޓީ، ފުވަމުލަށް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ލ. ގަން، ފޮނަދޫ އަދި ލ. އިސްދޫ / ކަލައިދޫގައި ދެމުންގެންދާ އާރްޓީއެލް ބަސް ހިދުމަތުގައި މާސްޓާކާޑު އަދި ވިސާ ކޮންޓެކްޓްލެސް ކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓާ ކާޑު ނުވަތަ ވިސާ ކާޑެއްކަމުގައި ވީނަމަވެސް، އެ ކާޑަކީ ކޮންޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީއެމްވީ ކާޑެއް ނަމަ، އެ ކާޑު މެދުވެރިކޮށް އާރްޓީއެލް އާންމު ބަހުގެ ހިދުމަތުގެ ޓިކެޓް ގަނެވޭނެ އެވެ.

އަތޮޅުތަކުގައި ދޭ ބަހުގެ ހިދުމަތުގައި "ފިކްސް ފެއާ" ރޫޓާއި "ޑިސްޓެންސް ފެއާ" ރޫޓު ހިމެނެ އެވެ. އެގޮތުން "ފިކްސް ފެއާ" ރޫޓުގައި ކަނޑައަޅުއްވާފައިވަނީ އެއް އަގެކެވެ. އެ ރޫޓުން ދަތުރު ކުރާއިރު ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ޓެޕް ކުރަން ޖެހޭނީ ބަހަށް އަރާއިރު އެކަންޏެވެ. 

"ޑިސްޓެންސް ފެއާ" ރޫޓުގައި އަގު ކަނޑައަޅާފައިވަނީ އެ ރޫޓުގައި ދަތުރުކުރާ ދުރުމިނަށް ބިނާކޮށެވެ. އެ ރީޓުގައި ދަތުރުކުރާއިރު ބަހަށް އަރާއިރު "ޓެޕް އިން" ކޮށް ފައިބާ އިރު "ޓެޕް އައުޓް" ކުރަން ޖެހެ އެވެ. އަދި "ޑިސްޓެންސް ފެއާ" ރޫޓެއްގައި ދަތުރު ކުރާއިރު " ޓެޕް އައުޓް" ކުރަން ހަނދާން ނެތިއްޖެ ނަމަ އެ ރޫޓަށް ކަނޑައަޅާފައިވާ ޖުމްލަ އަގު ކެނޑޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.