ފަލަސްތީނަށް އެހީވާން ދިރާގުން 100،000 ރުފިޔާ

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް ދިރާގުން 100،000 ރުފިޔާ ހަދިޔާ ކުރުމުގެ ގޮތުން އެ ފަންޑަށް އެހީވެވޭނެ ފުރުސަތު ވެސް އެ ނެޓްވޯކްގެ ތެރެއިން ވަނީ ފަހިކޮށްދީ ފައެވެ.

ދިރާގު ހެޑް އޮފީހުގެ ބޭރުގައިވާ ލެޑް ލައިޓްތަކުން ފަލަސްތީނުގެ ދިދަ

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޖަމާއަތް -- އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ހިންގާ ޖަރިމާތަކާއި ގުޅިގެން ހާލު ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިރާގުން 100،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް ދިރާގުން 100،000 ރުފިޔާ ހަދިޔާ ކުރުމުގެ ގޮތުން އެ ފަންޑަށް އެހީވެވޭނެ ފުރުސަތު ވެސް އެ ނެޓްވޯކްގެ ތެރެއިން ވަނީ ފަހިކޮށްދީ ފައެވެ.

އެ ކުންފުނިން މިހާރު ވަނީ ދިރާގު ޕޭ މެދުވެރިކޮށް ގައްޒާ ފަންޑަށް އެހީވެވޭނެ މަގު ތަނަވަސް ކޮށްދީފައެވެ. އެގޮތުން ކިއުއާރް ކޯޑް ސްކޭން ކޮށްގެން ފައިސާ ފޮނުވޭނެ އެވެ. މީގެ އިތުރުން ދިރާގު ގޭ އެޕްގެ މާޗަންޓް ކޯޑު ބޭނުން ކޮށްގެން ވެސް އެހީތެރިވެވާނެ އެވެ. 

ދިރާގުން ވަނީ އެ ކުންފުނިން ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަ ކުރުމުގެ ގޮތުން ކުންފުނީގެ ހެޑް އޮފީސް ދިއްލާލާފައެވެ. ރާއްޖެ ދިދައާ ފަލަސްތީނުގެ ދިދަ، ލެޑް ތަކުން ދިއްލާލާފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.