ޔޫސުއްބެގެ ހިލަމެއް ނެތް، ވައިގެ މަގުން ހޯދުމުގެ މަސައްކަތް ފަށައިފި

ޔޫސުއްބެ އެންމެ ފަހުން ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓެކެވެ. އެމްއެންޑީއެފް އިން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުތަކުން ވެސް ޔޫސުއްބެގެ ހިލަމެއްވޭތޯ ބަލައިދިނުމަށް އެދިފަ އެވެ.

އދ. ދަނގެތި، ނޫލައިޓް ޔޫސުފް އިބްރާހިމް (ޔޫސުއްބެ) --

އެކަނި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު އދ. ދަނގެތި، ނޫލައިޓް ޔޫސުފް އިބްރާހިމް (ޔޫސުއްބެ) ހޯދަން އޮޕަރޭޝަނެއް ހިންގަމުންދާއިރު، ޑޯނިއާ އެއާކްރާފްޓް މެދުވެރިކޮށް މިއަދު ވައިގެ މަގުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފި އެވެ.

ކުޑަ ދޯންޏެއްގައި ޔޫސުއްބެ މަހަށް ނުކުތީ އިއްޔެ ފަތިހު އެވެ. އުމުރުން 68 އަހަރުގެ ޔޫސުއްބެ މަހަށް ނުކުތީ އެއަތޮޅު އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އެ ކުޑަ ދޯނި އދ. ރަންގަލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި ފެނިފައިވެ އެވެ.

މިހާދިސާގެ އަޕްޑޭޓެއް ދެމުން އެމްއެންޑީއެފް އިން މިއަދު ބުނީ ކޯސްޓްގާޑުގެ ޑައިވަރުންނާއެކު ދަނގެތީގެ ޑައިވަރުންނާއި، ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ކަނޑު މަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ހަކުރާ"ގެ އިތުރުން ފުލުހުންނާއި، ކައިރި ރިސޯޓްތަކާއި، ދަނގެތީގެ ބައެއް އުޅަނދުތައް ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޔޫސުއްބެ އެންމެ ފަހުން ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓެކެވެ. އެމްއެންޑީއެފް އިން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުތަކުން ވެސް ޔޫސުއްބެގެ ހިލަމެއްވޭތޯ ބަލައިދިނުމަށް އެދިފަ އެވެ. އަދި އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.

ޔޫސުއްބެ އެންމެ ފަހުން ފެނުނުއިރު އުޅުނީ ބޮއި އަޅާށެވެ. ނަމަވެސް އޭގެ ދެ ގަޑިއެއްހާއިރު ފަހުން ޔޫސުބެ ދަތުރުކުރި ދޯނި ފެނުނުއިރު އޭނާއެއް ނެތެވެ.

ކޮމެންޓް

1
450
ހާރީ
10 months ago

ވަރަށް ދެރަ ކަމެއް މި މިހާރުދެން ގެއްލޭ މީހެން ނުވެސްފެނޭ. މިހާދަ އަޖައިބު ކުރުވަނިވި ކަަންކަމޭ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.